ކުއްލި ޚަބަރު

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ބެލެހެއްޓުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ތަޢާރަފުކުރުމަށް ނިންމައިފި

Giigqzyboaac9 2

ދިވެހިރާއްޖޭގެ ތިމާވެށީގެ ގޮތުން ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދިނުމަށް ޚާއްޞަ ކޯހެއް ފަރުމާކޮށް، އެ ތަމްރީނު ދިނުމަށް ދެ މުއައްސަސާއަކުން އެއްބަސްވެއްޖެއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޫސުމާބެހޭ ބަދަލުތަކާއި، ތިމާވެށްޓާއި، ހަކަތައާބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ. މި އެއްބަސްވުމުގައި ތިމާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ޒާހިރެވެ. އަދި ޤައުމީ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.

ތިމާވެށްޓާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، އެންދެރި މަޝްރޫޢުގެ ދަށުން ވެވުނު މި އެއްބަސްވުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާއި، އިޖްތިމާޢީ އަދި އިދާރީ ހިންގުމުގެ ޚާއްޞަ ސިފަތަކަށް ބައްޓަންކޮށްގެން ކޯހެއް ފަރުމާކޮށް، ތިމާވެށީގެ ގޮތުން ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ލިބިފައިވާ ރޭންޖަރުންތަކެއް އުފެއްދުމެވެ.

މި ކޯހުގެ ފުރަތަމަ ބުރު ޚާއްޞަކުރެވިފައިވަނީ ލ. އަތޮޅަށެވެ. މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޛީ މަސައްކަތް، އިޖްތިމާޢީ ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރ މަސައްކަތްތަކާއި ނިޔަމިކަމުގެ މާއްދާތައް ހިމެނޭނެއެވެ. މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ނިޔަމިކަމުގެ ދެ ކޯހުގެ ސެޓްފިކެޓް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

211

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

211

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

211

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

112

ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ، ޝަހީދު ނަން ނަގައިފި

ELL Mobile Advertisement TTH_advertisement