ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

ގަވާއިދާ ޚިލާފަށް އުޅުނު އިތުރު 25 ބިދޭސީއަކު އަތުލައިގެންފި

އެސްޓީއޯއަށް 15 ބިލިޔަން ރުފިޔާގެ އާމްދަނީއެއް

Corp Feature Photo 2024 03 18t104440.867

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކުރި މާލީ ހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު އެ ކުންފުންޏަށް 15 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 6 އިންސައްތައިގެ ދަށްވުމެކެވެ. 2023 ވަނަ އަހަރު އެސްޓީއޯއަށް 16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.

އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެސްޓީއޯއިން ފާހަގަކޮށްފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ކުންފުނިން ވިއްކަމުންދިޔަ ތެލުގެ އަގު ދަށްކުރުމުން ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވާތީއެވެ.

2024 ވަނަ އަހަރު އެސްޓީއޯގެ ހިންގުމުގެ ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 812 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 717 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.

އެސްޓީއޯގެ 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުއާޓަރުގައި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 218 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Bml

ބޭސްފަރުވާއަށް ބޭރަށް ފުރާ ބަލިމީހުންނަށް މީގެފަހުން 2،000 ޑޮލަރު ވިއްކާނެ: ބީއެމްއެލް

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ނިއުޔޯކް ޑެކްލެރޭޝަނަކީ ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ފާޅުކަން ބޮޑު ހެއްކެއް: ރައީސް

އޭދަފުށީގެ 14 އަހަރުން ދަށުގެ ޓީމަކުން ލަންކާވީ ސީރީޒް ކަޕް ދެވަނަ ހޯދައިފި

ELL Mobile Advertisement TTH_advertisement