ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުލިގަމްގައި އިޤްތިޞާދީ މަސައްކަތް ފުޅާވެގެންދާނެ ގޮތަށް މެރީނާގެ މަސައްކަތް ކުރިޔަށްދާނެ: ރައީސް

Img 5828

ސަރުކާރުގެ އަމާޒަކީ އުލިގަމަކީ ޚާއްޞަ އިޤްތިޞާދީ މަސައްކަތްތަކަށް ދާއިމީކޮށް ފުޅާވެގެންދާނެ ގޮތަށް މެރީނާގެ މަޝްރޫޢު ކުރިއަށް ގެންގޮސް ނިންމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އަދި އުލިގަމު ޔޮޓް މެރީނާގެ ޢަމަލީ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރެއްވިއެވެ.

އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އުލިގަމަކީ ޔޮޓްފަހަރުގެ ވަރަށް މުހިންމު މަންޒިލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޔޮޓް މެރީނާއެއް ޤާއިމުކުރުމާ ގުޅޭގޮތުން އެމްޕީއެލްއާއެކު އެމްއޯޔޫއެއް ވެފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

“އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ ހުރިހާ މަރުޙަލާތަކެއް ކަޑައްތުކުރެވި، ފައިނޭންސިންގ އަދި އެހެނިހެން ތަފްޞީލީ މަސައްކަތްތައް ކުރިއަށް އޮތް މަސްތަކުގައި ނިމިގެންދިއުމެވެ. މިއަދުގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ މިކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި ޔޮޓް މެރީނާ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވެއެވެ،” ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، މި މަޝްރޫޢު އެގޮތަށް ކުރިއަށް ގެންދެވޭތޯ ކަށަވަރުކޮށްދޭނެކަމަށް ރައީސް އިތުބާރުދެއްވިއެވެ.

“ސަރުކާރުގެ އަމާޒަކީ މި ރަށުގައި މި ޚާއްޞަ އިޤްތިޞާދީ މަސައްކަތް ދާއިމީގޮތެއްގައި ފުޅާވެގެންދާނެ ގޮތަށް މެރީނާގެ މަޝްރޫޢު ކުރިއަށް ގެންދިއުމެވެ،” ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި