ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސް 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރެވޭނެ

Dsc 3993

އިހަވަންދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިނިސްޓަރ ޝިޔާމްގެ އަތްޕުޅުން ކުރިއަށް ގެންދެވިއްޖެއެވެ.

މި ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިހަވަންދޫގައި މިކަމަށް ޚާއްޞަކޮށް އިންތިޒާމުކުރެވުނު ޙަފްލާއެއްގައެވެ.

މި ކޮމްޕްލެކްސްގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން، އިދާރީ އިމާރާތަކާއި، ކަރަންޓު އުފައްދާ މަރުކަޒެއް، އުޅަނދުފަހަރު މަރާމާތުކުރާ ވަރކްޝޮޕަކާއި މުދާ ރައްކާކުރާ ގުދަނެއްވެސް މި ކޮމްޕްލެކްސްގައި ހިމެނޭނެއެވެ. އަދި 130 މީޓަރުގެ ދިގު މަގަތު ފާލަމަކާއި، 3.5 މީޓަރުގެ ފުންމިނުގައި ބަނދަރެއް އަދި ތިން ތަނަކުން މަސްކިރޭ ޖެޓީއެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވޭނެއެވެ.

މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ބޮޑުތިލަދުންމަތީގެ މަސްވެރިންނަށް ތެޔޮ އަދި އައިސް ހޯދުމަށް ދުރަށް ދަތުރުކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އައިސް، ޚަރަދުތައްވެސް ކުޑަވެގެންދާނެކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫޢުގެ ސަބަބުން އިހަވަންދޫގައި 150 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެކަމަށް އަންދާޒާކުރެވެއެވެ. މިއީ އުތުރުގެ މަސްވެރިކަމުގެ ޞިނާޢަތަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރެއް: ރައީސް

Shukoor

ޢަބްދުއްޝަކޫރު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

muiz

ސަރުކާރަަށް ގޯތި ދޫކޮށްލުމުގެ ބަދަލުގައި އާއިލާ މެންބަރުންނަށް ގޯތި ދިނުމުގެ ފުރުސަތު ދިނުމަށް ނިންމަވައިފި

muiz

ރޭވި ގޮތަށް ސުކޫކު އަދާކުރެވޭނެ: ރައީސް