ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލ. ގަމުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

Giseihzbyaae08x

ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލ. ގަމުގައި ފެންބޮޑުވުމުގެ ހާދިސާއެއް ދިމާވެއްޖެއެވެ. މި ހާލަތާ ގުޅިގެން، އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ އެ ސަރަހައްދުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

މޫސުމާބެހޭ ޤައުމީ މަރުކަޒުން ވަނީ ފ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހުދު ސަމާލުކަމުގެ ނިޝާނެއް ނެރެފައެވެ. މި ސަމާލުކަމުގެ ނިޝާނުގައި ބަޔާންކޮށްފައިވަނީ ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިއްސާރަވުމުގެ ފުރުޞަތު އޮތް ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހުމުގެ ފުރުޞަތު އޮތްކަމަށްވެސް ލަފާކުރެވެއެވެ.

މި ސަމާލުކަމުގެ ނިޝާން ދެމިއޮންނާނީ މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ މަރުކަޒުން އަރުކަޒުން އިތުރަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަވެ، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އެބައޮތެވެ. މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ ބުދަ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް