ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫއަށް ބޯކޮށް ވާރޭ ވެހި ގުގުރާނެތީ ރީނދޫ ސަމާލު ނެރެފި

6123f245 B5c7 49e5 Ae46 800710838d00

މޫސުމާބެހޭ ޤައުމީ މަރުކަޒުން (މެޓް) އައްޑޫ ސިޓީއަށް ރީނދޫ ސަމާލުކަމުގެ އިންޒާރެއް ނެރެފިއެވެ. މިއީ އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހި، ގުގުރުމުގެ ފުރުޞަތު އޮތްކަމަށް ބެލެވޭތީއެވެ.

މި އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 22:00 ގައެވެ. މީގެ ކުރިން މެޓުން ވަނީ އެ ސަރަޙައްދަށް ހުދު ސަމާލުކަމުގެ އިންޒާރެއް ނެރެފައެވެ.

މިރޭގެ މޫސުމާ ގުޅޭގޮތުން މެޓުން މަޢުލޫމާތު ދެއްވާފައިވަނީ، ރާއްޖޭގެ ގިނަ ސަރަޙައްދުތަކަކަށް ވިއްސާރަވެ، ބައރަވެ، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އޮތް ކަމަށެވެ.

މޫސުމާބެހޭ އިތުރު މަޢުލޫމާތުގެ ތެރޭގައި:
– މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރު އުތުރާއި އިރުން، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުޞަތު އޮތްކަމަށް ލަފާކުރެވެއެވެ.
– ވިއްސާރަ ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.
– ކަނޑުތައް އާންމު މިންވަރަކަށް ގަދަވެ، ވިއްސާރަ ވިލާގަނޑުގައި އިތުރަށް ގަދަވުމުގެ ފުރުޞަތު އެބައޮތެވެ.

މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް