ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ ހަމަނުޖެހުން ހުއްޓުވުމުގެ އެއްބަސްވުން ތަންފީޒުކުރުން ލަސްކުރަމުންދާ ކަމަށް ހަމާސްއިން އިސްރާއީލަށް ތުހުމަތުކުރޭ

Afp 20250125 36vw68d V1 Highres Palestinianisraelconflictdisplaced 1737842272

ޣައްޒާގެ ހަމަނުޖެހުން ހުއްޓުވުމުގެ އެއްބަސްވުން ތަންފީޒުކުރުން ލަސްކުރަމުންދާ ކަމަށް ހަމާސްއިން އިސްރާއީލަށް ތުހުމަތުކުރަން ފަށައިފިއެވެ.

ހޮނިހިރު ދުވަހު އިސްރާއީލުގެ ސިފައިން ޣައްޒާގެ އުތުރަށް ވަނުމުގެ ހުއްދަ ދިނުން ލަސްކުރަމުންދިޔައިރު، ވަޒަން ހެދިފައިވާ ފާރެއްގެ ކައިރީގައި ފަލަސްތީނު އެތަށްބަޔަކު އިންތިޒާރުކުރަމުން ދިޔައެވެ.

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނުން އެމީހުންގެ ގެތަކަށް އެނބުރި ދާން މަސައްކަތްކުރަމުންދިޔައިރު، އިސްރާއީލުގެ ސިފައިން އެމީހުންނާ ދިމާލަށް ބަޑިޖަހައި މަދުވެގެން އެކަކު މަރާލިއެވެ. މިކަމާ ގުޅިގެން ހަމަނުޖެހުން ހުއްޓުވުމުގެ އެއްބަސްވުމުގެ ޝަރުތުތައް ތަންފީޒުކުރުން ލަސްކުރަމުންދާ ކަމަށް ހަމާސްއިން އިސްރާއީލަށް ތުހުމަތުކުރިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވީ ހަމާސްއިން ހައްޔަރުކުރެވިފައިވާ އަންހެނަކު ދޫކޮށްލުން ލަސްވުމުގެ ސަބަބުން، ފަލަސްތީނުން ޣައްޒާގެ އުތުރަށް އެނބުރި ދިއުން އިސްރާއީލުން ހުއްޓުވަމުންދާ ކަމަށެވެ. މި ޚިލާފުވުން އައީ ދެފަރާތުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުން ހުއްޓުވުމުގެ އެއްބަސްވުމުގެ ދެވަނަ ހަފްތާއަށް ވަދެ، ހޮނިހިރު ދުވަހު އިސްރާއީލުގެ 4 ސިފައިންނާއި 200 ފަލަސްތީނުން ދޫކޮށްލެވުނެވެ.

އިސްރާއީލުން އަތުލާފައިވާ ވެސްޓް ބޭންކުގައި، އިސްރާއީލުގެ ސިފައިން ޖެނިން ސިޓީއާއި އޭގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ބޮޑު ސްކޭލެއްގައި ހިންގަމުންދާ ސިފައިންގެ އޮޕަރޭޝަނެއްގައި މަދުވެގެން ދެމީހުން މަރާލިއެވެ. އޭގެ ތެރޭގައި ދެ އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ބޯޑް އޮފް ޕީސް” އަށް ޔޫއޭއީ އިން އެއް ބިލިއަން ޑޮލަރު ދެނީ

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ