ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ހަތަރު ޔަހޫދީން ދޫކުރުމުން ފަލަސްޠީނަށް ނިޞްބަތްވާ 200 ޤައިދީން މިނިވަން ކޮށްފި

Israel Hamas Ceasefire 1737813970335 16 9

ޣައްޒާގައި ވެރިކަންކުރާ ޙަމާސް އާއި ޔަހޫދީ ދައުލަތާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން، ޙަމާސުން މިއަދު މިނިވަންކުރި ހަތަރު ޔަހޫދީއެއްގެ ބަދަލުގައި ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ 200 ޤައިދީން މިނިވަން ކޮށްފިއެވެ.

މި އެއްބަސްވުން ތަންފީޒު ކުރަން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އެއްބަސްވުމުގެ ދަށުން އަސީރުން ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ ތިން މަރުޙަލާއަކަށް ބަހާލައިގެންނެވެ. ކޮންމެ މަރުޙަލާއެއް ވެސް 42 ދުވަހަށް ދެމިގެންދާނެއެވެ. ފުރަތަމަ މަރުޙަލާގައި ޙަމާސުން ޖުމްލަ 33 އަސީރުން ދޫކޮށްލުމަށް ހަމަޖެހިފައިވާއިރު، އޭގެ ބަދަލުގައި 2,000 އަށް ވުރެ ގިނަ ފަލަސްޠީނު ޤައިދީން ޔަހޫދީން މިނިވަން ކުރާނެއެވެ.

އެއްބަސްވުން ތަންފީޒު ކުރިތާ ހަތް ދުވަސް ފާއިތުވުމުން، ދެވަނަ ބުރަށް މިއަދު އަސީރުން ބަދަލު ކޮށްފިއެވެ. އެގޮތުން ޙަމާސުން ވަނީ ޔަހޫދީ އަސްކަރިއްޔާގެ ހަތަރު އަންހެން ސިފައިން ރެޑްކްރޮސްއާ ޙަވާލު ކޮށްފައެވެ. އޭގެ އިރުކޮޅެއްގެ ތެރޭގައި ހުޅަނގު އައްސޭރީގައި ހުންނަ ޔަހޫދީންގެ އޮފަރ ޖަލުން ފަލަސްޠީނަށް ނިޞްބަތްވާ 200 ޤައިދީން މިނިވަން ކޮށްފިއެވެ.

މިނިވަން ކުރެވުނު ޤައިދީންގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ 121 މީހުންނާއި ދިގު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ 79 މީހުން ހިމެނެއެވެ. މިނިވަން ކުރި ޤައިދީންގެ ތެރެއިން އެންމެ ދުވަސްވީ މީހާގެ އުމުރަކީ 69 އަހަރެވެ. އަދި އެންމެ ހަގީ އުމުރުން 15 އަހަރުގެ ކުއްޖެކެވެ.

މިނިވަން ކުރެވުނު ޤައިދީންގެ ތެރެއިން 114 މީހުން ގެންގޮސްފައި ވަނީ ހުޅަނގު އައްސޭރީގެ ރާމަالله އަށެވެ. އަދި 16 މީހުން ގެންގޮސްފައި ވަނީ ޣައްޒާގެ ޚާން ޔޫނިސަށެވެ. ބާކީ ތިބި 70 ޤައިދީން ގެންގޮސްފައި ވަނީ މިޞްރަށެވެ. މިޞްރުގައި 48 ގަޑިއިރު ހޭދަ ކުރުމަށް ފަހު އެ މީހުން ދެން ގެންދާނީ ތޫނިސަށާއި ތުރުކީވިލާތަށާއި އަލްޖަޒާއިރަށެވެ. މި ތިން ޤައުމުން ވެސް ވަނީ އެ މީހުން ބަލައިގަތުމަށް އެއްބަސް ވެފައެވެ.

މި އެއްބަސްވުމުގެ ދަށުން އަސީރުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ދެ ފަރާތުން ވެސް އުންމީދު ކުރަނީ މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވި، ސަރަޙައްދުގައި ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުވެގެން ދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްލާމީ އިތުރު ގައުމަކުން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރަން ތައްޔާރުވެއްޖެ

ޓްރަމްޕް އިސްރާއީލަށް އިންޒާރުކުރުމުން ފަލަސްތީނު ސަރުކާރުން އެކަމަށް މަރްހަބާ ކިޔައިފި

“ދެދައުލަތުގެ ހައްލު” ގަރާރު އދގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި

ޣައްޒާގެ ޙިސާރުތައް އަވަސް ނިމުމަކަށް ގެންނަންޖެހޭ: ޑރ. ޝަހީމް

TTH_advertisement