ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ޕޮލްކޯގެ ފްލެޓް މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއް ހިންގާފައިވާކަމަށް އޮޑިޓް އޮފީހުން ފާހަގަކޮށްފި

L 2025 01 25 075136 9ernbha6i4xvcldtfuy582qsmzw31j7kopg En
ފުލުހުންނާއި ސިފައިންގެ ފްލެޓްތައް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓެއްގައި، ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން ހުޅުމާލޭ ފޭސް 1 ގައި އިމާރާތްކުރި ފްލެޓް މަޝްރޫއުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް އެހީތެރިވެދީ ޝާމިލުވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ފިނޭސް މިނިސްޓުރީއަށް ލަފާދީފައިވެއެވެ.

މި މަޝްރޫއު ފެށިފައިވަނީ 2012 ވަނަ އަހަރު ކަމަށާއި، މީގެ ދަށުން ހުޅުމާލޭގައި 600 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މަސައްކަތް ނިންމުމުގައި ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލުތައް ގެނެސްފައިވެއެވެ. އަދި ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާއިރު، 355 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މަސައްކަތް ނުނިންމުމުގެ ސަބަބުން އެއްބަސްވުން ބާތިލުކުރަން ޖެހުނު ކުންފުނިތަކާ މެދު ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް ލަފާދީފައިވެއެވެ.

އޮޑިޓް އޮފީހުން ވަނީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އަންގާފައެވެ. މި މަޝްރޫއުގައި ހިނގާފައިވާ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާކަން މި ރިޕޯޓުން އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement