ކުއްލި ޚަބަރު

ބަނގުރަލުގެ ވިޔަފާރިކުރި ހަތަރު ބިދޭސީއަކު ޑީޕޯޓްކޮށްލަނީ

ގޭސް މާނުގެ މައްޗަށް ސާބިތު ނުވި ދައުވާތައް އިސްތިއުނާފު ކުރަނީ

އެމްޕީއެލް މުވައްޒަފަކު ފިޓު ޖެހުމުގެ ސަބަބުން މަރުވެއްޖެ

ތުރުކީގެ ރިސޯޓެއްގައި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް، 66 މީހުން މަރުވެޖެ

Ap25021237770702 1737441961

ތުރުކީގެ ރިސޯޓެއްގައި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް ގައި 66 މީހުން މަރުވެޖެއެވެ.
ތުރުކީވިލާތުގެ ސްކީ ރިސޯޓެއްގައި ހިނގި އަލިފާނުގެ ޙާދިސާގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މި ޙާދިސާއާގުޅިގެން ތުރުކީވިލާތުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި ތުރުކީގެ ފަރުބަދަ ސަރަޙައްދުގައި ހުންނަ ކާރްޓަލްކަޔާ ރިސޯޓުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކު މަރުވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި ކަމުގައި ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނުގެ މެސެޖުގައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ތުރުކީވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަގޮތެއްގައި މި ހާދިސާގެ ސަބަބުން އަސަރުކުރި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކާރްޓަލްކަޔާ ރިސޯޓުގައި ހިނގި މި ޙާދިސާގައި 66 މީހުން މަރުވެފައިވާކަމަށް ތުރުކީވިލާތުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރު ކޮށްފައެވެ.

އެ ރިސޯޓުގެ ގްރޭންޑް ކާޓަލް ހޮޓެލުގައި ހުރި ރެސްޓޯރަންޓެއްގައި ރޯވި އަލިފާންގަނޑު ފެތުރެން ފެށުމުން 11 ފަންގިފިލާގެ އެ ހޮޓަލުގެ ކޮޓަރިތަކުގައި ތިބި ބައެއް މީހުން ވަނީ އަލިފާނުން ސަލާމަތްވުމަށްޓަކައި ކުޑަދޮރުތަކުން ބޭރަށް ފުުއްމާފައެވެ. އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ފެށިފައި ވަނީ ހުޅުގަނޑު ރޯވި ކަން ރިޕޯޓު ކުރިތާ 45 މިނެޓު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތުރުކީއާއި ގަތަރުގެ ސިފައިންނަކަށް ޣައްޒާއަކަށް ނޭރޭނެ: ނަތަންޔާހޫ

ތުރުކީ އަސްކަރިއްޔާގެ ވައިގެ އުޅަނދެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ ފޮނުއްވައިފި

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގެ ހިމާޔަތަށް އަސްކަރީ މަނަވަރު ފޮނުވި ތިންވަނަ ގައުމަކަށް ތުރުކީ

TTH_advertisement