ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެކްސިކޯގެ ބޯޑަރު ސިޓީއެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރެވިއްޖެ

Gettyimages 2194362675

އެމެރިކާގެ އައު ރައީސް ޓްރަމްޕް ގިނައަދަދެއްގެ މީހުން އަނބުރާ ފޮނުވާލުމަށް ވަޢުދުވުމާއެކު މެކްސިކޯގެ ބޯޑަރު ސިޓީއެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރެވިއްޖެއެވެ.

ކެލިފޯނިއާގެ ސަން ޑިއޭގޯއާ ދިމާލުގައި އޮންނަ ބޯޑަރުގެ އަނެއްފަރާތުގައިވާ ޓިޖުއާނާގައި ހުރި މުހާޖިރުންގެ ހިޔާތަކުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގިނަ އަދަދެއްގެ މީހުން އަނބުރާ ފޮނުވާލުމުގެ ޕްލޭން ތަންފީޒުކޮށްފިނަމަ، މުހާޖިރުންގެ އަދަދު އިތުރުވެދާނެކަމަށް ބަލައި ތައްޔާރުވަމުންދެއެވެ.

މަޤާމީ ފަރާތްތަކުގެ މަޢުލޫމާތުގެ މަތިން، މެކްސިކޯގެ ބޯޑަރު ސިޓީ ކަމުގައިވާ، ބާޖާ ކެލިފޯނިއާ ސްޓޭޓުގެ ހުޅަނގު އުތުރުގައި އޮންނަ މި ސިޓީގައި 30 އަށްވުރެ ގިނަ ހިޔާ ހިންގަމުންދެއެވެ. ސީ.އެން.އެން އާ ވާހަކަދެއްކި އިންސާނީ ޚިދުމަތްތެރިން ބުނިގޮތުގައި ޖާގައިގެ ދަތިކަމާއި، ވަސީލަތްތަކުގެ ދަތިކަމާއި، އަދި ޖުމުލަކޮށް ކަންކަން ވެގެންދާނެގޮތުގެ ޔަޤީންކަން ނެތުމަކީ ހިޔާތަކަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ޖަރްދިން ދެ ލަސް މަރިޕޯސަސް ހިޔާގެ ޑައިރެކްޓަރު، ސީ ޖެއިމީ މަރިން، ސީ.އެން.އެން އަށް ބުނިގޮތުގައި ޓްރަމްޕްގެ ގިނަ އަދަދެއްގެ މީހުން އަނބުރާ ފޮނުވާލުމުގެ ޕްލޭނުގެ ސަބަބުން އެމެރިކާއަށް ދާ މީހުންނަށާއި އަނބުރާ ފޮނުވާލެވޭ މީހުންނަށް ދެވޭ ޚިދުމަތްތަކާ ގުޅުންހުރި އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އެބައޮތެވެ. “ޓްރަމްޕްގެ އިދާރާއިން ނިންމާ ނިންމުންތަކާ ގުޅިގެން އާންމު ނުތަނަވަސްކަމެއް އެބައޮތް،” މަރިން ބުންޏެވެ.

“ހިޔާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަންތައްތައް ވެގެންދާނެގޮތް ނޭނގުން، އަޅުގަނޑު ނަފްސާނީގޮތުން ތައްޔާރުވަމުން މިދަނީ،” ކާސާ ދެލް މިގްރަންޓެ ހިޔާ ހިންގާ ޕެޓް މަރފީ، ޓްރަމްޕް ރައީސްކަމުގެ ހުވާކުރުމުގެ ކުރިން ވޭތުވެދިޔަ ހަފުތާގައި ސީ.އެން.އެން އަށް ބުންޏެވެ.

އެމީހުންގެ ކަންބޮޑުވުންތައް ފެށިގެން އައީ ރައީސްކަމާ ހަވާލުވުމަށްފަހު ގިނަ އަދަދެއްގެ މީހުން އަނބުރާ ފޮނުވާލާނެކަމަށް ޓްރަމްޕް ވެފައިވާ ވަޢުދާއި ގުޅިގެންނެއެވެ.

ހޯމަ ދުވަހު ރައީސްކަމުގެ ހުވާކުރުމުގެ ތަޤުރީރުގައި، ޓްރަމްޕް އޭނާގެ ވަޢުދު އަލުން ތަކުރާރުކުރިއެވެ. “އަޅުގަނޑުމެން މިލިއަނުން މިލިއަނުން ޖިނާއީ ކުށްވެރިން އެމީހުން އައި ތަންތަނަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފަށާނަމެވެ،” އޭނާ އެމެރިކާގެ ކެޕިޓަލްގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރަމްޕްގެ އައު ވާހަކަތަކެއް؛ މަގްސަދު ހާސިލްވަމުންދާތީ ހަނގުރާމަ ހުއްޓާލަން ވިސްނާކަމަށް ބުނެފި

78

މަތީފަންތީގެ ހާއްސަ މަޝްވަރާއަކަށް އެމެރިކާގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވަނީ

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ