ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އިސްރާއީލް ސިފައިން ކުޑަކުއްޖަކާއި ފަލަސްތީނުން 3 މީހުން ޝަހީދުކޮށްލައިފި

231014224346 07 Gaza Israel 101423

ޣައްޒާގެ އެއްބަސްވުމަށް އަމަލުކުރަންފެށިފަހުން އިސްރާއީލީ ސިފައިންގެ ވަޒަނުން ޖެހި ކުޑަ ކުއްޖަކު ހިމެނޭ ގޮތަށް ފަލަސްތީނުން 3 މީހުން ޝަހީދުކޮށްލައިފިއެވެ.

ޕެލެސްޓީނިއަން ރެޑް ކްރެސެންޓުން ބުނެފައިވަނީ ޖެރޫސަލަމްގެ އުތުރުގައިވާ ވެސްޓް ބޭންކުގެ ދެ ރަށެއްގައި އިސްރާއީލީ ބިންވެރިން ރޭގަނޑު ހަމަނުޖެހުން އުފެއްދުމާ ގުޅިގެން މަދުވެގެން 12 މީހުންނަށް ފަރުވާދީފައިވާ ކަމަށެވެ. މި ދެ ރަށުގައި ޕެލެސްޓީނީންގެ ގެތަކާއި، ކުޑަކުދިންގެ ނާސަރީއަކާއި، ވިޔަފާރިއެއް އަންދާލާފައިވެއެވެ.

ޕެލެސްޓީނިއަން ނިއުސް އެޖެންސީ ވަފާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޭގަނޑު ހިންގި މި އަނިޔާވެރި ޢަމަލުތަކުގައި އިސްރާއީލީ ސިފައިން ބިންވެރިންނަށް އެހީތެރިވެދީފައިވާ ކަމަށާއި، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން 90 ޕެލެސްޓީނީން ދޫކޮށްލުމަށްފަހު، ގަޑިއިރުތަކެއްގެ ތެރޭގައި ވެސްޓް ބޭންކުގައި ސިފައިން ހިންގި ހަމަލާތަކުގައި އެތައް ޕެލެސްޓީނީންނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އާދީއްތަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފެށުމަށްފަހު، ޣައްޒާގެ ދެކުނުގައިވާ ރަފާގައި އިސްރާއީލީ ސިފައިންގެ ވަޒަނުން ޖެހި ކުޑަ ކުއްޖަކު ހިމެނޭ ގޮތަށް މަދުވެގެން ތިން ޕެލެސްޓީނީން ޝަހީދުކުރާއި ގުޅިގެން ނުތަނަވަސްކަން ވަނީ އުފެދިފައެވެ.

އދ. ގެ އިންސާނީ އެހީތެރިކަން ވިލަރެސްކުރާ އޮފީހުން ބުނެފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ދުވަހު ކަމުގައިވާ ހޯމަ ދުވަހު 915 އެހީގެ ޓްރަކު ޣައްޒާއަށް ވަދެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ބޯޑް އޮފް ޕީސް” އަށް ޔޫއޭއީ އިން އެއް ބިލިއަން ޑޮލަރު ދެނީ

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ