ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕް ހުވާކުރުމަށް ޔޫއެސް ކެޕިޓޯލްއަށް ވަދެވަޑައިގެންފި

6e459f30 D740 11ef 9fd6 0be88a764111

ޑޮނަލްޑް ޓްރަމްޕް ހުވާކުރުމަށް ޔޫއެސް ކެޕިޓޯލްއަށް ވަދެވަޑައިގެންފިއެވެ.

ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަށް ހުވާކުރައްވަން ހަމަޖެހިފައިވަނީ ވޮޝިންގްޓަން ޑީސީގެ ގަޑިން މެންދުރު (ޖީއެމްޓީން 17:00) ގައެވެ.

ފިނިކަން ގަދަވުމާ ގުޅިގެން، ޓްރަމްޕް ވަނީ އާންމުކޮށް ބޭރުގައި ހުންނަ މާބަލް ސިޑިތަކުގެ މަތީގައި ބާއްވާ ރަސްމިއްޔާތު، ކެޕިޓޯލްގެ ރޮޓަންޑާގެ ތެރެއަށް ބަދަލުކުރައްވާފައެވެ.

ޖިނާއީ ކުށްތަކަކުން ކުށްވެރިވެފައިވާ ފުރަތަމަ އެމެރިކާގެ ރައީސް ކަމުގައިވާ ޓްރަމްޕް، ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑެންގެ ބަދަލުގައި ރައީސްކަމާ ހަވާލުވެވަޑައިގަންނަވަނީ ނޮވެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ކަމަލާ ހެރިސްއަށްވުރެ ކުރިއަރައިވަޑައިގަތުމާ ގުޅިގެންނެވެ.

78 އަހަރުގެ ޓްރަމްޕް ވައިޓް ހައުސްއަށް އަނބުރާ ވަޑައިގަންނަވަނީ 4 އަހަރު ކުރިން އޭނާގެ ކުރީގެ ރިޔާސީ ދައުރު ބަލިވުމަށްފަހުގައެވެ.

ހޯމަ ދުވަހުގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ކުރިން، ބައިޑެން ވަނީ ޓްރަމްޕްގެ އިދާރާގެ ދަށުން އަމާޒުކުރެވިދާނެ ކަމަށް ބިރުގަނެވޭ ބައެއް ފަރާތްތަކަށް މަޢާފުދެއްވާފައެވެ. އޭގެ ތެރޭގައި ޑރ. އެންތޯނީ ފައުޗީ، ޖެނެރަލް މާކް މިލީ އަދި ލިޒް ޗެނީ ހިމެނޭ ގޮތަށް ޖެނުއަރީ 6 ކޮމިޓީގެ މެންބަރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

ޓްރަމްޕް ބޭނުންވެގެން އުޅެނީ އީރާނު އަމާންދޭން، ޑީލެއް ހަދާކަށްނޫން: ތަޖުރިބާކާރުން

ޓްރަމްޕާއި ނަތަންޔާހޫ ދެއްކި ވާހަކަތައް: އީރާނާ ދެކޮޅަށް މެކްސިމަމް ޕްރެޝަރ ޖައްސަން ނިންމި

ކިޔާނެ އެއްޗެހި ހުސްވެގެން މަމްދާނީ އަތުން ކާތީވެސް އެންމެފަހުން ދިމާކުރަން ފެށުން