ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ ދެވަނަ ކުއާޓަރުގައި މާލެ-ހުޅުމާލެ ފެނުގެ ވިއުގަ ގުޅާލެވޭނެ

Matheen Mwsc
އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަޠީން މުޙައްމަދު

ފެނުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން މާލޭ-ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ނިންމާ، މިއަހަރުގެ ދެވަނަ ކުއާޓަރުގައި މި ނިޒާމު ބޭނުންކުރަން ފެށޭނެކަމަށް އެމްޑަބްލިއުއެސްއީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ. މަތީނު ވިދާޅުވީ، ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހުރި ދަތިތަކުން އަރައިގަނެ މިހާރު ހުރިހައި މަސައްކަތްތައްވެސް ހައްލުކުރެވި ބާރަށް ކުރިއަށްދާކަމަށެވެ. މަތީން އިތުރަށް ވިދާޅުވީ:-

ހުޅުމާލޭގައި މިހާރު ކުރިޔަށްދަނީ ފައުންޑޭޝަނާ އިމާރާތުގެ ސްޓްރަކްޗަރ ނިންމުން، އެމަސައްކަތް ދަނީނިމެމުން. މާލޭ އަދި ހުޅުމާލޭގަވެސް ސިވިލް މަސައްކަތް މަރޗް އަށް މުޅިން ނިންމާލެވޭނެ. އަދި އޭފްރިލްގައި އިލެކްޓްރިކަލް މެކޭނިކަލް މަސައްކަތްތައް ނިންމާލެވޭނެ. ހުރިހާ މަސައްކަތް ނިމި އަހަރުގެ ދެވަނަ ކުއާޓަރުގައި ޚިދުމަތް ދެވޭވަރުވާނެ.

އެގޮތުން މާލެއާއި ހުޅުމާލެއަށް ވިއުގަ ގުޅާލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ހުޅުމާލެ އަދި މާލޭގަވެސް ކުރަމުންދާކަމަށެވެ. މާލޭގެ ޕަމްޕް ސްޓޭޝަންގެ %25 މަސައްކަތް މިހާރު ވަނީ މުޅިން ނިންމާފައެވެ. އަދި ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ %60 ވަނީ ނިންމާފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ފެށިފައިވާ، މި މަޝްރޫއުގެ ބައެއް މުހިންމު މަސައްކަތްތައް، ތަފާތު އެކި އެކި ސަބަބުތަކާއި ހުރެ ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރު މި މަސައްކަތްތައް ވަނީ އަލުން ފަށައިގަނެވިފައެވެ.

މިޕްރޮޖެކްޓްގެ ހަލުއިކަމާއެކު ކުރިޔަށް ގެންދިއުމަށް ނިންމެވި އެންމެ ބޮޑު ބޭނުމަކީ، ފެނުގެ ރައްކާތެރިކަން މާލެ ސަރަޙައްދުގައި ކަށަވަރުކުރެވުމެވެ. މާލެ ނުވަތަ ހުޅުމާލޭގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވާ ހިންދެއްގައި، އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ފެން ފޯރުކޮށްދެވޭނެ ރަގަޅު ނިޒާމެއް ގާއިމްކުރުމެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

އެމްޑަބްލިއުއެސްސީން އިއާދަކުރަނިވި ހަކަތައިން ފެން އުފައްދަނީ

Oo

ބީއެމްއެލް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނޭ ސީއެމްއީސީގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތް ފަށައިފި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި