ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފަށައި ބަންދުގައި ތިބި މީހުން ދޫކޮށްލަން ނިންމައިފި

Aa 20250119 36793220 36793218 Gazans Celebrating Ceasefire Face Uncertainty As Israel Continues Attacks 1737279420

• އިސްރާއީލާއި ހަމާސްގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ޣައްޒާގައި ބަންދުކޮށްފައި ތިބި 3 އިސްރާއީލު މީހުން ދޫކޮށްލުމަށްފަހު، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި 90 ފަލަސްޠީނު މީހުން ދޫކޮށްލުމަށް ހަމަޖެހިފައިވެއެވެ.

• ގާތްގަނޑަކަށް 3 ގަޑިއިރު ލަސްވުމަށްފަހު، ގްރީންވިޗް މީން ޓައިމުން ހެނދުނު 09:15 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފެށުނެވެ. މި ލަސްވުމުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 19 ފަލަސްޠީނު މީހުން މަރުވެފައިވެއެވެ.

• މި އުފާވެރިކަމުގައި، އެތަކެއްހާސް ފަލަސްޠީނު މީހުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އެމީހުންގެ ގެތަކުގެ ބާކީ އޮތް ބައިތަކަށް އެނބުރި ދަނީ އަންނަމުންނެވެ.

• 7 އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 46,913 ފަލަސްޠީނު މީހުން ޝަހީދުކޮށް، 110,750 މީހުންނަށް ޒަޚަމްވެފައިވެއެވެ. އަދި އެދުވަހު ހަމާސްގެ އިސްނެގުމުގައި އިސްރާއީލަށް ދިން ހަމަލާތަކުގައި މަދުވެގެން 1,139 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ރަހީނުންގެ ގޮތުގައި ގެންގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފެތުމުގެ ގައުމީ ފަސް ރިކޯޑެއް ތަޒްކިޔާ އައުކޮށްފި

އދ ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި

އުތީމުގައި ނުވަ ދުވަހުގެ ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި

ޓްރަމްޕްގެ އައު ވާހަކަތަކެއް؛ މަގްސަދު ހާސިލްވަމުންދާތީ ހަނގުރާމަ ހުއްޓާލަން ވިސްނާކަމަށް ބުނެފި