ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލަނީ

253731 3 Eae1aee745c9b195f506ea4e4bade5b9c0cee720 Medium

“އޮޕަރޭޝަން ކުރަނގި”ގެ ތެރެއިން ބިދޭސީންގެ ފިންގަރ ޕްރިންޓް ނެގުމަށްފަހު  ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ފޮނުވާލުމުގެ މަސައްކަތްކަމަށް ކުރިޔަށް ގެންދާނެކަމަށް ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވިއެވެ. ސިއްދީގު އިތުރަށް ވިދާޅުވީ:-

ފޯނުން ފޮޓޯ ނަގާލުމުން އެނގިސާފުވާނެ އޭނާއަކީ އަޅުގަނޑުމެންގެ ޓޭޓާ ބޭސްއަށް ވަދެފައޮތް މީހެއްތޯ. ނުވަތަ ކޮންމެ ފިންގަރ ޕްރިންޓެއްވެސް ޖަހާލީމަ އެއީ ކާކުކަން ސިސްޓަމްއިން ބުނެދޭނެ. އޭނާ އެންމެ ފުރަތަމަ ގެނައީ ކާކުކަން އެނގޭނެ. އޭނާއަށް ވިސާ ދައްކާފައި ހުރިކަން ނުވަތަ ނޫންކަން އެނގޭނެ.

ޞިއްދީޤު ވިދާޅުވީ ދެން ކުރިޔަށްދާނީ ބިދޭސީންގެ ފިންގަރ ޕްރިންޓާއި އެމީހުންގެ ބަޔޯޑާޓާ ނެގުމަށްފަހު ދެވަނަ ފިޔަވަހީގައި ކުރިއަށްދާނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތްކަމަށެވެ. އެއީ އިމިގްރޭޝަނުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނާ ތަފާތު ޕްރޮގްރާމެއްކަން ފާހަގަކުރައްވާ ސިއްދީގު ވިދާޅުވީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސިން ފޮނުވާލުމުގެ މަސައްކަތުގައި އިމިގްރޭޝަނައި އަދި ފުލުހުންވެސް ބައިވެރިވާނެކަމަށެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސް މުއިޒްގެ ވައުދުޕުޅާއި އެއްގޮތަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން “އޮޕަރޭޝަން ކުރަނގި” ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މިމަސައްކަތަށް އާއްމުރައްޔިތުންނާއި، ކުންފުނިތަކާއި އަދި ކައުންސިލްތަކުން ދަނީ ވަރަށް ފުރިހަމަ އެއްބަރުލުމެއް ދެއްވަމުންނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

778

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Amaan

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Amaan

ހުޅުމާލެއިން ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި