ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާރާމާރީ ހިންގި 3 ބިދޭސީއެއް ޑިޕޯޓްކުރަން ނިންމައިފި

Shamman 678x381

ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ހިންގި މާރާމާރީއާއި ގުޅިގެން، މާރާމީރީގައި ޝާމިލްވި މީހުން ޑިޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ހިންގި މާރާމާރީއާއި ގުޅިގެން ފުލުހުން ތިން ބިދޭސީއަކު ހޯދާފައިވާ ކަމަށެވެ. އަދި މިހާރު އެމީހުން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާއިރު، އެމީހުން ޑިޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަމްޢާން ވަނީ މިފަދަ ޢަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެކަމަށް ވިދާޅުވެފައެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހު 20:30 ހާއިރު ކަމަށެވެ. އަދި މިމާރާމާރީ ހިނގިއިރު އެ މަންޒަރު ރެކޯޑު ކުރި ދިވެއްސަކާއިވެސް މާރާމާރީ ހިނގި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިމައްސައިގައި ހިމެނޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

3 ބިދޭސީން ޑިޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދާއިރު، މިދިޔަ އަހަރު ޑިސެމްބަރުމަހުގެ ކުރީކޮޅުވެސް އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ވަނީ މާރާމާރީ ހިންގާފައެވެ. އެފަހަރުވެސް އެކަމުގައި އިސްކޮށް ހުރި ބިދޭސީ މީހާ ވަނީ ޑިޕޯޓްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

778

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Amaan

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Amaan

ހުޅުމާލެއިން ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި