ކުއްލި ޚަބަރު

އަކްރަމް ކަމާލުއްދީނާއި ޢާރިފްގެ މައްޗަށް ދަޢުވާކޮށްފި

ރޯވީ ނަސެންދުރާ ކައިރީގައި ހުރި ކުނިތަކެއްގައި: އެމްއެންޑީއެފް

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ސައިކަލެއް ވަގަށް ނެގި ބަޔަކު ފުލުހުން އަތުލައިގެންފައިވަނީ ވަންވޭއާ އިދިކޮޅަށް ދުއްވަނިކޮށް

69250847 2617637044926864 9031998855469596672 N

މީހެއްގެ ސައިކަލެއް ވަގަށް ނެގި ބަޔަކު ފުލުހުން އަތުލައިގަނެފި އެވެ.
އެ މީހުން ފުލުހުން ހައްޔަރުކުރީ ވަގަށް ނެގި ސައިކަލުގައި ވަންވޭއެއްގެ އިދިކޮޅަށް ބާރުސުޕީޑެއްގައި ދުއްވަމުންދަނިކޮށެވެ.
ވައްކަމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށްފައިވާކަން ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން އެނގެ އެވެ. އެއީ 30 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެކެވެ.

މިތިރީސް އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ ސައިކަލު ދުއްވަމުންދަނިކޮށެވެ. ކޯޓުގައި ފުލުހުން ވިދާޅުވީ ވަންވޭއާ އިދިކޮޅަށް ސައިކަލު ދުއްވާފައިދަނިކޮށް އޭނާ ގާތު މަޑުކުރުމަށް ބުނުމުން މަޑުކޮށްފައިނުވާ ކަމަށެވެ. އަދި އޭނާ ހިފެހެއްޓީ ފިލަން ދުއްވަނިކޮށް ކަމަށެވެ. އެއީ ބަންދު ރެކޯޑު ގިނަ ފަރާތެއްކަން ކޯޓު އަމުރުން އެނގެ އެވެ. އޭނާ 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކުރައްވާފަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި 32 އަހަރުގެ މީހާ އިނީ ސައިކަލުގެ ފަހަތުގަ އެވެ. އޭނާ ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަކްރަމް ކަމާލުއްދީނާއި ޢާރިފްގެ މައްޗަށް ދަޢުވާކޮށްފި

ރޯވީ ނަސެންދުރާ ކައިރީގައި ހުރި ކުނިތަކެއްގައި: އެމްއެންޑީއެފް

މާލޭ ސިޓީކައުންސިލާ ގުޅިގެން ރެޑްކްރެސެންޓުން ބަލިމީހުން އުފުލަނީ

ޕާކިސްތާނުން ސައޫދީ އާއިއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

TTH_advertisement