ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ޚާއްޞަ ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފި

Picture 6

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ޚާއްޞަ ޙަރަކާތެއް ހޮނިހިރު ދުވަހު މާލެ ސަރަޙައްދުގައި ފަށައިފިއެވެ.

މި ޙަރަކާތާ ގުޅޭ މަޢުލޫމާތު ހިއްސާކުރަމުން، ހޯމް މިނިސްޓްރީން ވިދާޅުވީ މި ޙަރަކާތް ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން އިރުއޮއްސުނު 18:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. މާލެ ސަރަޙައްދުގައި މި އޮޕަރޭޝަން ކުރިއަށްދާއިރު، މާލޭގެ އިތުރުން ތިލަފުށްޓާއި ގުޅީފަޅުގައިވެސް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހޯމް މިނިސްޓްރީން އިތުރަށް ވިދާޅުވީ، މި މުޅި އޮޕަރޭޝަނުގައި މިނިސްޓްރީގެ 75 އޮފިޝަލުން ބައިވެރިވާ ކަމަށެވެ. މި ޙަރަކާތުގައި ތަޢުލީމީ ދާއިރާއަށް ނިސްބަތްވާ ބިދޭސީ މަސައްކަތްތެރިންގެ އިތުރުން، ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމަ އެއްކުރުމަށް ހަމަޖެހިފައިވާއިރު، ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ މަސައްކަތް އެންޓި-ޓިޕް އޮފީހުން ކުރިއަށް ގެންދިއުމަށްވެސް ރޭވިފައިވެއެވެ.

ދިވެހިރާއްޖޭގައި ގަވާއިދާޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި، އަނބުރާ ފުރުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 5,000 އަށްވުރެ ގިނަ މީހުން ވަނީ އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލާފައެވެ. އަދި 2025 ވަނަ އަހަރު އިމިގްރޭޝަންގެ އޮޕަރޭޝަންތައް ހަރުދަނާކުރުމާ ގުޅޭގޮތުން އިމިގްރޭޝަނުން ވިދާޅުވީ، މަސައްކަތް އެންމެ ފުރަތަމަ ފެށިގެން އައިއިރު މަޑުޖެހުމެއް އައީ ބޭނުންވާ ވަސީލަތްތައް މަދުވުމުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

778

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Amaan

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Amaan

ހުޅުމާލެއިން ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި