ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ޔަހޫދީންނާއި ހަމާސް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި ވަނިކޮށް ފަލަސްތީނުގެ 30 މީހަކު ޝަހީދު ކޮށްލައިފި

Afp 20250114 36tq44a V2 Highres Topshotpalestinianisraelconflict 1736862920

އިސްރާއީލް އާއި ހަމާސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައި ވީނަމަވެސް ޣައްޒާއަށް ދެމުންދާ ހަމަލާތައް ދަނީ ކުރިއަށެވެ.

15 މަސްދުވަހުގެ ހަނގުރާމައަކަށްފަހު ހަމާސްއާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވެފައިވާކަން މިއެއްބަސްވުމުގެ މެދުވެރިން ކަށަވަރުކުރުމާ ގުޅިގެން ޣައްޒާގެ ފަލަސްޠީނުން ދަނީ އުފާފާޅުކުރަމުންނެވެ. މިހަމަލާތަށް ހުއްޓުން އާއްދީއްތަވާ 19 ވަނަ ދުވަހު ތަންފީޒުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް، އިސްރާއީލީ ބާރުތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް ދަނީ މިހާރުވެސް ކުރިއަށެވެ. މި އެއްބަސްވުން އިޢުލާންކުރި ފަހުން މިހާތަނަށް މަދުވެގެން ފަލަސްޠީނުންގެ 30 މީހަކު މަރާލައިފައިވެއެވެ.

ހަމާސްގެ އޮފިޝަލެއް ކަމުގައިވާ ޢިއްޒަތް އަލް ރިޝެޤް ވިދާޅުވި ގޮތުގައި ޤަޠަރުގެ ވެރިރަށް ދޯހާގައި ވާސިލުވި އެއްބަސްވުމުގައި ފަލަސްޠީނު ޖަމާޢަތުގެ ހުރިހާ ޝަރުޠުތަކެއް ހިމެނެއެވެ. މީގެ ތެރޭގައި އިސްރާއީލީ ބާރުތައް ފުރިހަމައަށް އަނބުރާ ގެންދިއުމާއި، ގެދޮރު ދޫކޮށްފައި ދިޔަ މީހުން އެނބުރި އެމީހުންގެ ގެތަކަށް ގެނައުމާއި، ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުން ހިމެނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ “ޑަޒަނަކަށް ރަހީނުންނާއި އެމީހުންގެ ޢާއިލާތަކުގެ ވޭން ނިމުމަކަށް ގެނައުމަށް” އެއްބަސްވުމެއް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވި ކަމަށްޓަކައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށާއި ރައީސްކަމަށް ހޮވިފައިވާ ޑޮނަލްޑް ޓްރަމްޕަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލްނާމް ހަނގުރާމައިގައި މަދުވެގެން 46،707 ފަލަސްޠީނުން ވަނީ މަރުވެފައެވެ. އަދި 110،265 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އެ ދުވަހު ހަމާސްގެ އިސްނެގުމުގެ ދަށުން ހިންގި ހަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 1،139 މީހުން މަރުވިއެވެ. އަދި 200 އަށްވުރެ ގިނަ މީހުން ރަހީނުންގެ ގޮތުގައި ގެންދެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްލާމީ އިތުރު ގައުމަކުން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރަން ތައްޔާރުވެއްޖެ

ޓްރަމްޕް އިސްރާއީލަށް އިންޒާރުކުރުމުން ފަލަސްތީނު ސަރުކާރުން އެކަމަށް މަރްހަބާ ކިޔައިފި

“ދެދައުލަތުގެ ހައްލު” ގަރާރު އދގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި

ޣައްޒާގެ ޙިސާރުތައް އަވަސް ނިމުމަކަށް ގެންނަންޖެހޭ: ޑރ. ޝަހީމް

TTH_advertisement