ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙަމާސް އިން ގައްޒާގައި އިސްރާއީލާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ރުހުން ދީފި

ޙަމާސް އިން އަލްޖަޒީރާ އަރަބިކްއަށް ބުނެފައިވާ ގޮތުގައި، އެ ޖަމާޢަތުގެ ވަފްދުން ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ރުހުން ދީފައިވާކަން އެއްބަސްވުމުގެ މެދުވެރިންނަށް އަންގާފައިވެއެވެ. އިސްރާއީލުން މިހާތަނަށް މި ހުށަހެޅުމަށް ޖަވާބެއް ދީފައެއް ނުވެއެވެ.
އިސްރާއީލުގެ ސިފައިން ވަނީ ގައްޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. މީގެ ތެރޭގައި  ސްކޫލުތަކާއި، ގައްޒާގެ އެކި ސަރަޙައްދުތަކުގައި ހުރި ގިނަ ގެތަކަކަށް ބޮންއެޅުން ހިމެނެއެވެ. އެންމެ ފަހުގެ 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 62 މީހުން މަރުވެފައިވެއެވެ.

ހަމައެއާއިއެކު ހާހެއްހާ މީހުން އިސްރާއީލީން ވަނީ ތެލްއަވީވްގައި މުޒާހަރާކޮށް، ގައްޒާގައި ހިފަހައްޓާފައިވާ ގައދީން ދޫކޮށްލުމަށް އެއްބަސްވުމަކަށް އައުމަށް ގޮވާލާފައެވެ. އަދި ސަތޭކަ އެތައް ހަރުކަށި ޚިޔާލުގެ މީހުން ވަނީ ޖެރޫސަލަމްގައި ހިނގާލުމެއް ބާއްވައި، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

އިސްރާއީލުން ގައްޒާގައި ހިންގަމުންދާ ނަސްލު ފޮހެލުމުގެ ޢަމަލުތަކުގެ ސަބަބުން 7 އޮކްޓޯބަރު 2023 އިން ފެށިގެން މަދުވެގެން 46,707 ފަލަސްޠީނުން މަރުވެ، 110,265 މީހުންނަށް ޒަޚަމްވެފައިވެއެވެ. އެދުވަހު ޙަމާސްގެ އިސްނެގުމުގައި ހިންގި ހަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 1,139 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ގައިދީންގެ ގޮތުގައި ގެންދެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ބޯޑް އޮފް ޕީސް” އަށް ޔޫއޭއީ އިން އެއް ބިލިއަން ޑޮލަރު ދެނީ

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ