ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނުމީހާ ހުއްޓުވި މުވައްޒަފަކަށް “މެޑަލް އޮފް ބްރޭވަރީ” ދީފި

473698783 1113650950548051 711897924940357046 N

ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ހުއްޓުވުމަށް މަސައްކަތްކަތްކުރި ސްޓެލްކޯގެ މުވައްޒަފުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭނާ އަށް ސްޓެލްކޯގެ “މެޑަލް އޮފް ބްރޭވަރީ” މިއަދު ދީފިއެވެ.

ސްޓެލްކޯގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައިވާ ވާގޮތުގައި އެކަމުގައި ދެން ހަރަކާތްތެރިވި މުވައްޒަފަށްވެސް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ. ް، ޕޯސްޓްގައި ބުނެފައިވަނީ:-

ސްޓެލްކޯ މެނޭޖްމަންޓުން އެ މުވައްޒަފުންގެ އަގުވަޒަންކޮށްފައި މިވަނީ ހިރާހާއި ނުރައްކަލުގެ ވަގުތުގައި މިދައްކުވައިދިން ވަރުގަދަ ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން

މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށާއި އަދި މިފަދަ ހާދިސާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ވަރަށް ޙައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅަމުން ދާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް ސްޓެލްކޯގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވުމަށް މަސަައްކަތްކުރި މީހާއަށް ރެންޗަކުން ވަގު ވަނީ ހަމަލާދީފައެވެ.

އެކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހުމީ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. ވައްކަންކުރަން އުޅުނު މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މުޅިރާއްޖެއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ ފުލުހުން މިހާރުދަނީ ތަހުގީގުކުރަމުންނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި