ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކުރި 19.2 މިލިއަން ރުފިޔާގެ ތަކެތި އަނބުރާ ހޯދައިފި

2c7c52e7 25e0 46c3 9026 Ebdb8d1507d0

އެކިއެކި ފަރާތްތަކުން ވަގަށް ނަގައިގެން ފުލުހުންނަށް މިހާހިސާބަށް ރިޕޯޓްކޮށްފައިވާ 19.2 މިލިއަން ރުފިޔާގެ ތަކެތި އަނބުރާ ހޯދައި ދީފައިވާކަމަށް  ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިިކަން ހާމަކުރައްވާފައި ވަނީ މާލެ ސިޓީ ޕޮލިހުގައި ހިމެނޭ މާލެ ފްރަންޓްލައިން ޕޮލިސިން، ތިލަމާލެ ޕޮލިސް އަދި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބުތަކުގައެވެ.

ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު، ފާއިތުވި އަހަރު ވަގަށް ނަގާފައިވާ 1653 އެއްޗެއް ހޯދާފައިވެއެވެ. އަދި މިތަކެތީގެ އަގު 19.2 މިލިއަން ރުފިޔާއަށް އަރާކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ވިދާޅުވީ ހޯދި ތަކެތީގެ ތެރޭގައި 206 މޯބައިލް ފޯނު، 253 މޮޓޯ ސައިކަލް، 107 އިލެކްޓްރޯނިކް ސާމާނު އަދި އެހެނިހެން 333 އައިޓަމް ހިމެނޭކަމަށެވެ. މީގެއިތުރުން 374 މައްސަލައެއްގައި ހިމެނޭ 3.5 މިލިއަން ރުފިޔާގެ ނަގުދު ފައިސާވެސް ހޯދިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ހިފައިގެންގުޅެ ސާމާނުތަކުގެ ތެރެއިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނުތައް، ތަންތަނަށް ފުރާނަމަ މިފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ރައްކާތެރިވުމަށް ފުލުހުން އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި