ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުވިއްސާރައެއް ބޯމަތިވެފައިވާތީ އެއްގަމުގައި ދުއްވާ އުޅަދުތަށް ރައްކާތެރި ހިސާބުތަކުގައި ޕާކުކުރުމަށް އިލްތިމާސް ކުރައްވައިފި

218015 3 03a25027e071681c37851e38095a6c4ed0d81384 Large

މިއަދުން ފެށިގެން މޫސުން ގޯސްވާނެ ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވެފައިވާތީ، އެއްގަމުގައި ދުއްވާ އުޅަދުތަށް ރައްކާތެރި ހިސާބުތަކުގައި ޕާކުކުރުމަށް ފުލުހުންނާއި ސިފައިން މިހާރު ބާއްވަމުން ގެންދަވާ ޕުރެސްކޮންފަރެންސް ގައި އިލްތިމާސް ކުރައްވައިފިއެވެ. ރޭގައި މޫސުމާބެހޭ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެއިރުން ހުޅަނގުދެކުނު ބޭއޮފް ބެންގަލޯރުގައި ކޮޅިގަނޑެއް އުފެދިފައިވާކަމަށެއެވެ. އަދި މި ކޮޅިގަނޑުގައި ހުޅަގަށް ވައިޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޯޑުވާނެކަމަށެއެވެ.

އަޅުގަނޑުމެން އިލްތިމާސްކުރަން ކުރީފަހަރުގެ ތަޖުރިބާއަށް ބަލާފައި ވެހިކަލްތަށް ފެންބޮޑުނުވާނެ ތަނެއްގައި ސަރަހައްދެއްގައި ރަގަޅަށް ޕާކުކުރަން. މާލެއަށް އެއްމެފަހުން ފެންބޮޑުވި ދުވަހު ގިނައަދަދެއްގެ ވެހިކަލްތަކަކަށް ވަނީ ވަރަށް ބޮޑަތި ގެއްލުންތަކެއްވެފައ،ި އެހެންވީމާ އެއްމެންވެސް މިފަހަރު މިކަމަށް ރަގަޅަށް ވިސްނަގެން އަމަލުކުރުން މުހިއްމު– ޕުރެސްޓީމް

މެޓް އޮފީހުން ކުރިން ވިދާޅުވެފައިވަނީ 13 ޖެނުއަރީ އިން 18 ޖެނުއަރީއަށް  ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެއެވެ. އަދި އާއްމުވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށެއެވެ. އަދި މީގެ އިތުރުން ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއްރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތްކަމަށެެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ރ ރަށުމީހާ
މިއީ އުޅެވޭވަރުގެ ތަނެއްނޫން ރަށަށްދާންވީ
މ މާލޭ ރައްޔިތުމީހާ
މާލޭގައި ކޮންތަނެއް ފެންބޮޑުނުވަނީ؟ އެވާހަކަވެސް ބުނިނަމަތާދޯ

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް