ކުއްލި ޚަބަރު

ގާޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ދެދުވަހުގެ ތެރޭގައި 120 ހަށިގަނޑު ނަގާފައިވޭ

އުމުރާކުރަން ދިޔަމީހުން ހާލުގައިޖެއްސި މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާކުރުމަށް ފޮނުވައިފި

1035x593 Ai5jqu5tfsya5b90i0wp0eel908bqdyyu9lkrajh

ޢުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ފުލުހުންގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި، މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާކުރުމަށް މިހާރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު ނިންމާ، މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާ ކުރުމަށް 2 ޑިސެމްބަރ 2024 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވެ އެވެ. މި މައްސަލައިގައި މަޝްއަރު ޓުއާސްއާ ގުޅޭ ތަފާތު މައްސަލަތަކެއްގެ ތަޙުޤީޤު ކުރެވިފައިވީ ނަމަވެސް، ފުލުހުން މިހާރު ދަޢުވާކޮށްދިނުމަށް އެދިފައިވަނީ ޗެކްތަކެއް ބައުންސްވި މައްސަލައިގައިއެވެ

މިދިޔަ ރޯދަ މަހު މަޝްއަރު ޓުއާސް ގްރޫޕުން ޢުމްރާއަށް ގެންދިޔައީ 53 މީހުންނެވެ. ކޮންމެ މީހެއްގެ އަތުން 38,500 ރުފިޔާގެ ރޭޓުން ފައިސާ ނަގާފައިވެ އެވެ. ނަމަވެސް، އުމްރާ ފުރިހަމަ ކުރުމަށްފަހު އުމްރާވެރިން ރާއްޖެ ގެނައުމަށް އޭސް ޓްރެވަލްސްއަށް ދޫކުރި ޗެކް ބައުންސްވުމާ ގުޅިގެން، އުމްރާވެރިން ރާއްޖެ ނާދެވި މައްކާގައި ތާށިވި އެވެ.

މި މައްސަލަ ފުލުހުންނަށް ތަހުގީގު ކުރުމަށް އެދި ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުންނެވެ.

ގުޅުންހުރި

Img 4435

އިންނަމާދޫގައި ބޯޓް ބިލްޑިން ތަމްރީންދޭ މަރުކަޒެއް ޤާއިމްކުރަނީ

Img 4242

ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިދާރާގެ މަސައްކަތް ފެށިއްޖެ

Afp 20240828 36ey2ph V1 Highres Palestinianisraelconflictwestbank 1724919833

ގާޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ދެދުވަހުގެ ތެރޭގައި 120 ހަށިގަނޑު ނަގާފައިވޭ

324900 3 3511e646f2f896d1a76d9cbd82ebc4bd09e4c267 Medium

ރޫހާނީ ފަރުވާ ރާއްޖެގައި އިޝްތިހާރު ކުރަމުންދިޔަ 3 ބިދޭސީން ހައްޔަރުކޮށްފި