ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑު އަޑީގެ އޮޕަރޭޝަންތަކަށް ހާއްސަ ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާހުކޮށްފި

465169880 1082185660573780 6215858560835481842 N

ކަނޑު އަޑީގެ އޮޕަރޭޝަންތަކަށް ހާއްސަ ސްޕެޝަލް ބޯޓް ސްކޮޑްރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށް ދެއްވައިފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގައި އޮންނަ މި ސްކޮޑްރަން އިފްތިތާހުކޮށް ދެއްވީ ނަސްރުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް، ދިވެހި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ހަރަކާތްތަކަށް ފަހުގައެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި އަސްކަރިއްޔާއިން ބޭއްވި ހާއްސަ ހަރަކާތުގެ ތެރެއިން : ވަގުތު ފޮޓޯ: ހުސެން ރިޔާޝް

ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާހްކޮށް، ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ އަޒުމް ލައިދިނުންވެސް އޮތެވެ. އަޒުމް ލައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ގިޔާޘްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ތެރޭގައި ވައިގެ ގާބިލްކަން އިތުރުކުރުމަށް ރައީސް މި ސަރުކާރު ފެށުނުތަނާހެން ނިންމެވި ނިންމެވުން ފާހަގަކޮށްލެވޭ ކަމަށެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި އަސްކަރިއްޔާއިން ބޭއްވި ހާއްސަ ހަރަކާތުގެ ތެރެއިން : ވަގުތު ފޮޓޯ: ހުސެން ރިޔާޝް

” ދިވެހި އަސްކަރިއްޔާގެ ތަރައްގީއަށް މިއަދު އެމަނިކުފާނު އިތުރުކުރައްވަނީ ނުހަނު ބޭނުންތެރި ގާބިލްކަމެއް. ކަނޑުއަޑީގެ ހާއްސަ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގުމަށްޓަކައި ކޯސްޓް ކާޑުގައި ސްޕެޝަލް ބޯޓް ސްކޮޑްރޮންނެއް މިއަދު ރައީސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެ.” ހިލްމީ ވިދާޅުވިއެވެ.

ހިލްވީ ވިދާޅުވީ ދިވެހި އަސްކަރިއްޔާ ތަރައްގީކޮށް ޒަމާނާއެއްގޮތަށް އިކުޕްކުރައްވާ މި ގައުމުގެ ސަރަހައްދު ބެލެހެއްޓުމަށް އެކަށީގެންވާ ބަޔަކަށް ހެދުމަށް ރައީސް ކުރައްވަމުން ގެންދާ މަސައްކަތްފުޅަށް ޝުކުރު އަދާކުރައްވާ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ ހަމަލާތައް ވަރުގަދަވެ، ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލި، ޔޫއޭއީން ވައިގެ ސަރަހައްދު ބަންދުކޮށްފި

Iu

އާންމު ދަތުރުފަތުރަށް ވިއްކާ ތެލުގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި