ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައުމު އަނެއްކާވެސް މިއޮތީ ނަޞްރަކަށް ބޭނުންވެފައި: ޔާމިން

Large 1649144463271Xh4

މިއަދު ޤައުމުގެ ހާލަތަށް ބަލާއިރު، ޤައުމު މިއޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި އަނެއްކާވެސް ނަޞްރަކަށް ބޭނުންވެފައި ކަމުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.

ޤައުމު މިއަދު އަޅުވެތިކޮށް ނުރައްކަލަށް ހުށަހަޅަމުން ގެންދަނީ ގޮތް ނޭނގޭ އެގްރިމެންޓްތަކުގައި ކަޅާއި ހުދުން ހުރި ނުރައްކާތެރި ހަމަލާތަކުން ކަމަށާއި، އެކަމުގައި ދައުލަތުގެ ވެރިންވެސް ހިމެނޭއިރު މިއީ ޤައުމަށް ވަރަށް ބިރުވެރި ނުރައްކާތެރި ކަންކަން ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ނޮވެންބަރު 3 ވަނަ ދުވަހުގެ ހަނދާންތަކަކީ ދިވެހިންގެ ހިތްތަކުން ފިލައިގެންދާނެ ހަނދާންތަކެއް ނޫން ކަމަށާއި، އެދުވަހު ޝަހީދުވި އަބްޠާލުން ކުރެއްވި މަތިވެރި ޖިހާދު މިއަދު ހަނދާން އާކޮށް، އަދުގެ ޒުވާން ޖީލަށްވެސް އެދުވަހުގެ ކަންކަން ހިނގާދިޔަ ގޮތް ކިޔައިދީ، ޤައުމުގެ މުސްތަޤްބަލަށް އެކުދިންނަށް އެނގުން މުހިންމު އެ މަޢުލޫމާތު ހިއްސާކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެއީ ބިރުވެރިކަމާއި ނާމާންކަމުން ދިވެހިންނަށް ފުރިގެންވި ދުވަހެއް ކަމަށާއި، އޭގެ އެންމެ ހިތާމަވެރިކަމަކީ އެކަމުގެ އަޑީގައި ތިބީ މިފަސްގަނޑަށް އުފަން ބައެއްކަމަށް ވުން ކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބީއެމްއެލް އަށް ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފި

bml

ބީއެމްއެލް ގެ ތާރީޙުގައި މާލީ ގޮތުން އެންމެ ކާމިޔާބު އަހަރަކީ ނިމިދިޔަ އަހަރު: ޝަރީފް

ޢަބްދުއްޝަކޫރު ޢަބްދުﷲއާއި ޙަސަން ޙަމީދުގެ ތައުޒިޔާގެ ދަފުތަރު ހުޅުވާލައިފި

ނޭޕާލުގެ އައު ބޮޑުވަޒީރު ބަލެންދްރަ ޝާހަށް، ރައީސް ތަހުނިޔާ ފޮނުއްވައިފި