ކުއްލި ޚަބަރު

ޓިކްޓޮކްގައި އިސްލާމްދީނަށް ފުރައްސާރަކުރާ މީހަކު ހޯދަން އިއުލާންކޮށްފި

ތިނަދޫ ސިޓީ ކައުންސިލަށް ބަދަލެއް ބޭނުންވޭ: އަޖީބު

އދ ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ރާއްޖެ ވާދަކުރަނީ

މިހާތަނަށް މުޅިން އަލަށް 9 ރަށެއްގައި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ފަށައިފި

Big F5033ZrQTniqPtbkei4aeuZkq
ސިއްޙީ ޚިދުމަތް ސަރުކާރުން އަންނަނީ އިތުރަށް ތަރައްޤީކުރަމުން

މިހާތަނަށް މުޅިން އަލަށް ނުވަ ރަށެއްގައި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ފަށާފައިވާކަމަށް ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.

ރާއްޖޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތް އާންމުކޮށް ލިބެން ހުންނަނީ ހޮސްޕިޓަލްތަކާއި، އާބާދީ ބޮޑެތި ބައެއް ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގައެވެ. ގިނަ ސިއްޙީ މަރުކަޒުތަކުން ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތް މީގެ ކުރިން ލިބެން ނުހުރެއެވެ.

ސަރުކާރުން އަންނަނީ ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ސިއްޙީވަސީލަތްތައް އިތުރުކުރުމާއި، ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތް ފުޅަކުރުން ހިމެނެއެވެ. މީގެ ކުރިން ސްޕެޝަލިސްޓު ޚިދުމަތް ލިބެން ނެތް ރަށްރަށުގައި އެ ޚިދުމަތް އަންނަނީ ދެމުންނެވެ. އެގޮތުން މިހާތަނަށް މުޅިން އަލަށް 9 ރަށެއްގައި އަންހެނުންގެ ބަލިތަކަށް ޚާއްޞާ ޑޮކްޓަރުންގެ ޚިދުމަތް ފަށާފައިވާކަމަށް ޞިއްޙީ ވުޒާރާއިން ބުންޏެވެ.

ސަރުކާރުގެ ޞިއްޙީ ނިޒާމު ތަރައްޤީކުރުމުގެ ތަސައްވުރަކީ އަތޮޅުތެރޭގެ ކޮންމެ ސަރަހައްދަކުންވެސް ސިއްޙި ރަނގަޅު ޚިދުމަތް ލިބުމެވެ. އެގޮތުން މާލެއަށް ބަރޯސާ ނުވެ އެ ސަރަހައްދުތަކުން ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތާއި، ސިއްޙީ އެހެނިހެން ޚިދުމަތްތައް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު އަންނަނީ އާބާދީ ބޮޑެތި ރަށްރަށުގެ ސިއްޙީމަރުކަޒުތަކުގެ ބަދަލު އައު ހޮސްޕިޓަލްތައް ތަރައްޤީކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޞިއްޙީ މަރުކަޒުތަކުންދޭ ޚިދުމަތްތަކަށް ސޮފްޓްވެއާރތަކެއް ތައާރަފްކޮށްފި

990

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަން ބޭނުންވާނަމަ މިއޮތީ ރަނުގެ ފުރުސަތެއް!

Ii

އަމާން އުދަރެސް ޓަވަރު 6ގައި އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރެއް ގާއިމްކުރަން ނިންމައިފި

TTH_advertisement