ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޞިއްޙީ މަރުކަޒުތަކުންދޭ ޚިދުމަތްތަކަށް ސޮފްޓްވެއާރތަކެއް ތައާރަފްކޮށްފި

TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ ސިއްޙީ މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ހަރުދާނާކުރުމަށް، އަލަށް ބޭނުން ކުރަންފަށާފައިވާ ސޮފްޓްވެއާރތައް ތައާރަފްކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސޮޕްޓްވެއަރތައ ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީމް އުމަރެވެ.

އަލަށް ލޯންޗް ކުރެއްވި ސޮފްޓްވެއަރތަކުގެ ތެރޭގައި ހިމެނެނީ، އެކި ކަންކަމާއި ގުޅިގެން ޓެކްނިކަލް ސަޕޯޓް ނުވަތަ އެހެނިހެން ސަޕޯޓް ހޯދުމަށް ޞިއްހީ ވުޒާރާއާއި ކުރެވޭ މުއާމަލާތްތައް ޑިޖިޓަލްކޮށް ޓްރެކް ކުރުމާއި ބެހޭ ސޮފްޓްވެއާ އަކާއި، ހެލްތު ސެންޓަރުތަކުގެ މެޑިކަލް ސްޓޮކް އަދި ބޭހުގެ ސްޓޮކް ޑިޖިޓަލްކޮށް ރިއަލް ޓައިމްގައި ބެލެހެއްޓުމާއި ގުޅޭ ސޮފްޓްވެއާތަކެވެ. މީގެ އިތުރުން އިންސާނީ ވަސީލަތްތައް މެނޭޖް ކުރުމަށް ބޭނުންވާ އެޗް.އާރު ސޮފްޓްވެއާއަކާއި، ޞިއްހީ ވުޒާރާއާ ހިއްސާ ކުރަންޖެހޭ ލިޔެކިޔުންތައް ޑިޖިޓަލްކޮށް ހިއްސާ ކުރުމަށާއި ޓްރެކް ކުރުމަށް ބޭނުންވާ ޑިޖިޓަލް ޓޫލްސްގެ ސޮފްޓްވެއާ އެއް ހިމެނެ އެވެ.

HajjCop_ads
Advertisement

ސިއްޙީ ޚިދުމަތް ހަރުދަނާކޮށް ޑިޖިޓަލް ކުރުމަށް ބޭނުންވާ އިތުރު ޓޫލްސްތައް ސޮފްޓްވެއާ ސޫޓްގެ ތެރޭގައި ހިމެނޭކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.

މި ރަސްމިއްޔާތުގައި ސިއްހީ ވަޒީރުގެ އިތުރުން އެ ވުޒާރާގެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނާއި، އެ ތަންތަނުން ދިނުމަށް ހުއްދަ ދީފައިވާ ސިއްހީ ހިދުމަތްތަކުގެ މައުލޫމާތު އެއްތަނަކުން ބަލައިލެވޭ ގޮތަށް ހާއްސަ ސޮފްޓްވެއާއެއް ތައްޔާރުކޮށް އިފުތިތާހުކޮށްފައި ވަނީ މިއަހަރުގެ ސެޕްޓަމްބަރުމަހު އެވެ. މި ސޮފްޓްވެއާ (ހެމްސް) އިފްތިތާހު ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

އެ ސިސްޓަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިއްހީ ހިދުމަތް ދޭ ހުރިހާ ތަންތަނެއްގެ އިތުރަށް، އެތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި، އެތަންތަނުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަކީ ކޮބައިކަން ފެންނަން ހުރެ އެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ.އަތޮޅުގައި ފަށައިފި

43

ކެންސަރު ބަލީގެ ފޭކް އިންޖެކްޝަން ރާއްޖެ ގެނައީ އަމިއްލަ މީހަކު: ހެލްތު މިނިސްޓްރީ

kulli khabaru

ރާއްޖޭގައި ޑާޒަލެކްސް ގެ ފޭކް އިންޖެކްޝަންތަކެއް ފެނިގެން ސަމާލުވުމަށް އަންގައިފި

health ministry

މަދަނީ ޖަމިއްޔާތަކުގެ ގްރާންޓް ޕްރޮގްރާމަށް ހުޅުވާލައިފި