ކުއްލި ޚަބަރު

މަޓީގެ ޗެއަރޕާސަން ކަމަށް ޙުސައިން އަފީފް

ޕޮލިސް ކޮމިޝަނަރު ނަވީން ރިޓަޔާކުރައްވަނީ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

މަޓީގެ ޗެއަރޕާސަން ކަމަށް ޙުސައިން އަފީފް

Matti

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ 36 ވަނަ އަހަރީ ޢާއްމު ޖަލްސާގައި، އެ ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޙުސައިން އަފީފް އިންތިޚާބުކޮށްފިއެވެ. ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ޖަލްސާގައި ފަތުރުވެރިކަމުގެ ދާއިރާގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ 112 މެންބަރުން ބައިވެރިވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޙުސައިން އަފީފް ވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަޓީން ކުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކުރިއަށް އޮތް ދައުރުގައި މަޓީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ރާވާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

މި ޖަލްސާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި މަޓީގެ ކުރީގެ ޗެއަރމަން، ނިޔާވެފައިވާ އަލްމަރުޙޫމް މުޙައްމަދު އުމަރު މަނިކުގެ ހަނދާން އައުކޮށް، އެމަނިކުފާނަށް މަޓީގެ ފުރަތަމަ ‘މެންބަރ އޮފް އޮނަރ’ ގެ ލަޤަބު އަރުވާފައިވެއެވެ.

ޖަލްސާގެ ތެރެއިން 2026 އިން 2029 އަށް މަޓީ ހިންގާނެ އައު އެގްޒެކެޓިވް ބޯޑު އިންތިޚާބުކޮށް، ކުރިއަށް އޮތް އަހަރުގެ ބަޖެޓާއި އޮޑިޓަރުން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ފާއިތުވި އަހަރުގެ ރިޕޯޓުތައް ފާސްކުރުމާއި، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ މިއަހަރުގެ މަސައްކަތު ޕްލޭންގެ މަޢުލޫމާތު ޙިއްސާކުރުންވެސް ކުރިއަށް ދިޔައެވެ.

ޖަލްސާ ނިންމަވާލައްވަމުން އައު ސެކްރެޓަރީ ޖެނެރަލް އަސަދު ޢަލީ ވަނީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މަޓީއަކީ ރާއްޖޭގެ 120 އަށްވުރެ ގިނަ ރިސޯޓު ތަމްސީލުކުރާ މައި ޖަމްޢިއްޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ ބޯޑަށް މަޓީ އިންތިޚާބުކޮށްފި

މޯލްޑިވްސް ޓޫރިޒަމް އެވޯޑް: 8 ފެސިލިޓީއަކަށް 10 އެވޯޑެއް

chamapa afeef

ރާއްޖެއާ ގާތް ޤައުމުތަކުގެ ފަތުރުވެރިން ގިނައިން ގެނައުމަށް މަސައްކަތް ކުރަންޖެހޭ: އަފީފް

chamapa afeef

ވީއައިއޭގެ އައު ޓަރމިނަލާއެކު ފަތުރުވެރިކަން އިތުރަށް ފުޅާވެ، ކުރިއަރާނެކަމުގެ އުންމީދު ބޮޑު: އަފީފް

TTH_advertisement