ކުއްލި ޚަބަރު

ޓްރީޓޮޕް ހޮސްޕިޓަލްގެ މާލޭ ކްލިނިކުން އެންޑޮކްރިނޮލޮޖީގެ ހިދުމަތް ލިބޭ ގޮތް ހަމަޖައްސައިފި

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުލުން ފަށައިފި

ހުއިފިލަނޑާގެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ސަސްޕެންޑްކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލްގެ މާލޭ ކްލިނިކުން އެންޑޮކްރިނޮލޮޖީގެ ހިދުމަތް ލިބޭ ގޮތް ހަމަޖައްސައިފި

WhatsApp Image 2026 02 12 at 21.45.06

ޓްރީޓޮޕް ހޮސްޕިޓަލުން ހަކުރު ބައްޔާއި ހޯމޯންސްގެ ބަލިތަކަށް ހާއްސަ އެންޑޮކްރިނޮލޮޖީގެ ހިދުމަތް މާލޭގައި ހުންނަ އެ ހޮސްޕިޓަލްގެ ކްލިނިކުން ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލްގެ އެންޑޮކްރިނޮލޮޖީގެ ސުޕަ ސްޕެޝަލިސްޓްގެ ޑރ. ޕަންޖަކް ޓިވާޓްރީ ރޯދަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހު މާލޭގައި ހުންނަ ޓްރީޓޮޕްގެ ކްލިނިކުން ބަލި މީހުން ބަލާނެ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި އެ ދާއިރާއިގެ ގިނަ ކަންކަމަށް އެތަނުން ފަރުވާ ލިބޭނެއެވެ. އޭގެ ތެރޭގައި ހަކުރުބައްޔާއި މެޓަބޮލިޒަމް : ޓައިޕް 1، ޓައިޕް 2، ގޭސްޓޭޝަނަލް އާއި ތައިރޮއިޑް ބަލިތައް ކަމަށްވާ ހައިޕާތައިރޮއިޑިޒަމް، ހިޕަޕޮތައިރޮއިޑިޒަމް އާއި ހޯމޯން އިމްބެލެންސްއާ ގުޅިފައިވާ ޕީސީއޯއެސް، ޓެސްޓޮސްޓިރޯން ދަށްވުން، އެޑްރިނަލް ގްލޭންޑްގެ މައްސަލަތައް ވެސް ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން ކަށީގެ ބަލިތައް ކަމަށްވާ އޮސްޓިއޯޕޮރޮސިސް އަދި ކެލްސިއަމް މެޓަބޮލިޒަމްގެ ބަލިތަކާއި ގްރޯތް ހޯމޯން ނުވަތަ ޕިޓޫއިޓަރީ ފަންކްޝަން އާއި ގުޅުންހުރި މައްސަލަތަކަށް ވެސް ފަރުވާ ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލްގެ އެ އަމާޒަކީ ނިއުޓްރިޝަނުންނާއި ގައިނެކޮލޮޖީ އަދި ޑަރމަޓޮލޮޖީގެ ސްޕެޝަލިސްޓުންނާ ގާތުން މަސައްކަތްކޮށްގެން ކޮންމެ ބަލިމީހަކަށް އެ މީހެއްގެ ހާލަތާ ގުޅޭގޮތަށް ފަރުވާގެ ސްޓްރެޓެޖީތައް އެކުލަވާލުން ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

އެގޮތުން ހަކުރުބަލި ހުންނަ މީހުންނަށް ޚާއްސަ ފަރުވާތަކާއި ޗެކްއަޕްތަކާއި ޕާސަނަލައިޒްޑް ކެއާ ޕްލޭންތައް އެކުލަވާލައިގެން ފަރުމާކޮށްފައިވާ ޕީސީއޯއެސް ޓްރީޓްމަންޓް ވެސް ލިބެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ މާލޭ ކްލިނިކަށް އެ ހިދުމަތް ފުޅާކުރުމަކީ ވީހާ ވެސް ގާތުން ޚާއްސަ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ރަސްމާލެ ފުރަތަމަ ސައިޓުގެ މަސައްކަތް ނިމުމަކާ ގާތަށް

މާފުށީގެ ދުވަސްވީ ނަރުދަމާ އަޕްގްރޭޑްކޮށް އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފި

Roada hadiyaa

53،000 އަށް ވުރެ ގިނަ މަސް ކޭސް ދޫކޮށްފި

TTH_advertisement