ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުލުން ފަށައިފި

ހުއިފިލަނޑާގެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ސަސްޕެންޑްކޮށްފި

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

މާލެ ސަރަޙައްދުގައި މިހާތަނަށް 43،923 މަސްދަޅު ކޭސް ދޫކޮށްފި

Roada hadiyaa

މާލެ ސަރަޙައްދުގައި މިހާތަނަށް 43،923 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށާއި، މި ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމުގެ އެންމެ ފަހު ތާރީޚަކީ ފެބްރުވަރީ 11 ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިއަދު އެ މިނިސްޓްރީން އާއްމުކުރި މަޢުލޫމާތުގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ)ގެ ގޭބިސީތަކަށް ދޫކުރުން ކުރިއަށްދަނީ މި މަހުގެ (ފެބުރުވަރީ) 11 އާ ހަމައަށް ކަމަށެވެ.

އެ ވުޒާރާގެ އިސްނެގުމާއެކު، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުން ދާނީ މި ހިނގާ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ. މަސްދަޅު ކޭސް ދޫކުރާ ސުންގަޑިއަކީ ފެބުރުވަރީ 11 ވަނަ ދުވަހުގެ ރޭގަނޑު 11:00 އެވެ.

މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.

އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.

މާލޭ ސަރަޙައްދުގައި 14 މަރުކަޒަކުން މަސްދަޅު ކޭސް ދަނީ ދޫކުރަމުންނެވެ. މަސްދަޅު ކޭސް ހޯދުމަށް ޓޯކަން ލިބޭނީ https://roadhahadhiya.mv/dv ޕޯޓަލްއިންނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އެދިފައިވަނީ ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް މަސްދަޅު ކޭހާ ހަވާލުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ramazan hadiyaa

ސަބަބެއް މެދުވެރިވެގެން ރޯދަ ހަދިޔާ ނުލިބޭ ފަރާތްތަކަށް އިތުރު ފުރުސަތެއް

Ramazan hadiyaa

ރޯދަ ހަދިޔާ: 32،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި

Ramazan hadiyaa

ރޯދަ ހަދިޔާ: މާލެއިން އެކަނިވެސް 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

Amaan

މާލެ ސަރަހައްދުން 15،000 އަށްވުރެ ގިނަ މަސް ދަޅު ކޭސް ބަހައިފި

TTH_advertisement