ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުލުން ފަށައިފި

ހުއިފިލަނޑާގެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ސަސްޕެންޑްކޮށްފި

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ރޯދަ ހަދިޔާ: 32،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި

Ramazan hadiyaa

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރޭގެ ނިޔަލަށް 32،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސްތައް ބެހުމުގެ އެންމެ ފަހުގެ އަދާހަމަ “އެމްއެމްޓީވީ”އާ ހިއްސާކޮށް ވުޒާރާއިން ބުނީ ރޭ ގެ ނިޔަލަށް ގްރެޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި އަދި ހުޅުމާލެ) ގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން 32،628 މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށެވެ. ވުމާއެކު، މިހާތަނަށް މާލެ ސަރަހައްދުގެ 49.8 އިންސައްތަ ގޭބިސީތަކަށް މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ.

އަތޮޅުތެރޭގެ ރަށްތަކުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރަމުން އަންނައިރު، މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ރަށްރަށުގައި ކުރަމުން އަންނަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ.

ގްރެޓާ މާލެ ސަރަހައްދަށް ބަލާއިރު މި ސަރަހައްދުފައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.

މަސްދަޅު ކޭސް ދޫކުރުމަށް ޚާއްޞަ ޕޯޓަލެއް މެދުވެރިކޮށް ޓޯކަން ނެގުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ރެއަކު 300 ޓޯކަން ދޫކުރުމަށް ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަނީ މިފްކޯ މައި މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ގަލޮޅު ދަނޑު އަދި ހެންވޭރު ދަނޑުގައެވެ.

ހުޅުމާލޭ ފޭސް އެކަކުން މަސްދަޅު ކޭސް ދޫކުރާނީ ޢުމްރު ޒާހިރު ޢިމާރާތުންނާއި، ޕޮލްކޯ ޓަވަރުންނާއި މުޙައްމަދު ޤާސިމް ޕްރީ ސްކޫލުންނެވެ. އަދި ހުޅުމާލެ ފޭސް ދެއަކުން މަސްދަޅު ކޭސް ދޫކުރާނީ ކާމިލްދީދީ ޕްރީ ސްކޫލުންނާއި، ހިޔާ ޓަވަރު 10ގެ އިތުރުން އެމްޕީއެލް ޓަވަރު ޕީ އިންނެވެ. މީގެއިތުރުން ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓުންނެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރަން ވަނީ ނިންމާފައެވެ. އެއީ ކޮންމެ ގޭބީސީއަކަށް އެއް މަސްދަޅު ކޭހުގެ ރޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީއާއި މާލެ ސަރަޙައްދުގެ 61،755 ގޭބިސީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ramazan hadiyaa

ސަބަބެއް މެދުވެރިވެގެން ރޯދަ ހަދިޔާ ނުލިބޭ ފަރާތްތަކަށް އިތުރު ފުރުސަތެއް

Roada hadiyaa

މާލެ ސަރަޙައްދުގައި މިހާތަނަށް 43،923 މަސްދަޅު ކޭސް ދޫކޮށްފި

Ramazan hadiyaa

ރޯދަ ހަދިޔާ: މާލެއިން އެކަނިވެސް 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

Amaan

މާލެ ސަރަހައްދުން 15،000 އަށްވުރެ ގިނަ މަސް ދަޅު ކޭސް ބަހައިފި

TTH_advertisement