ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ރޯދައިގެ ކުރިން ހުޅުވަނީ

ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަސައްކަތް ނިންމައި، ރަމަޟާންމަހުގެ ކުރިން ހުޅުވާލަން މަސައްކަތްކުރަމުންދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރުޑީސީން ވިދާޅުވެއްޖެއެވެ.

މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާނެވެސް ވަނީ ބަންދުކޮށްފައެވެ. މި މަސައްކަތްތައް ފެށީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.

ސަލްޓަން ޕާކުގެ މަސައްކަތްތަކުގެތެރޭގައި ހިމެނެނީ ސަލްޓަން ޕާކު ވިއު ސްޓްރަކްޗަރ، ޓްރީހައުސް އަދި ޕާކުގެ ވޯކްވޭތަކާއި ކުޑަކުދިން ކުޅޭ ސަރަޙައްދުތައް މާރާމާތުކޮށް އާބާތުރަ ފިލުވުމެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މި މަސައްކަތް ކުރިއަށްގެންދާ އާރްޑީސީގެ މާލެ ސަރަޙައްދުގެ ރީޖަނަލް މެނޭޖަރ އިބްރާޙިމް ޤާސިމް ވިދާޅުވީ މަސައްކަތްތަކުގެ ގާތްގަނޑަކަށް %90 ނިމިފަވާކަމަށެވެ. މަޑުޖެހުމެއް އުޅެނީ ބޭރުން ގެންނަ ބައެއް ސާމާނު ނުލިބުމުގެ ސަބަބުންކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ ތަކެތި ލިބި މަސައްކަތްތައް ނިންމޭނެކަމަށް އޭނާ ވިދާޅުވިއެވެ.

“ލަކުޑި މަސައްކަތްތައް، ކޮންކްރީޓްގެ އެކި މަސައްކަތް، ގާޑަން އަދި ސީސީޓީވީތައް ރަނގަޅުކުރުމުގެ މަސައްކަތްތައް ވަނީ ގެންގޮސްފައި. ރޯދައިގެ ކުރިން މަސައްކަތްތައް ނިންމާ ހުޅުވާލުމަށް މަސައްކަތްކުރަނީ” ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާނުގެ މަސައްކަތްތައްވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އެ ސަރަޙައްދަށް ބަލާއިރު، އިށީންނަ ބެންޗުތައް ހެދުމާއި ކޮންކްރީޓް ފްލޯ މަރާމާތުކޮށް ވޯކްވޭތައް ހެދުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި ފެހިކުރުމަށް ގަސް ހެއްދުމާއި ކާޕެޓް ވިނަ ހެއްދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

ޕާކުތަކާއި މައިޒާންތަކުގެ މަސައްކަތުގެތެރެއިން ރަސްފަންނުގެ އާބާތުރަފިލުވާ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ގެންދަނީ އެމްޓީސީސީ އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެންނެވެ.

އެމްޓީސީސީން ކުރިއަށްގެންދަނީ ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި ބޭރު ތޮށި މަރާމާތު ކުރުމުގެ މަސައްކަތްތަކެވެ. އަދި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދަނީ ރަސްފަންނު ޕެފީލިއަން މަރާމާތުކުރުމާއި އެތަނުގައި ފާޚާނަ ބަރި ހެދުމުގެ މަސައްކަތެކެވެ. ޕެވިލިއަންގެ ގްރައުންޑް ފްލޯގެ މަސައްކަތް ނިންމާ މިހާރު އެތަން ދަނީ ބޭނުންކުރަމުންނެވެ. އިމާރާތުގެ މަތީ ފެންގިފިލާތައް މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ.

ރަސްފަނުންގައި ފާޚާހަނަބަރި ހެދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. ރަސްފަންނުގެ މަސައްކަތްތައް މަރޗްމަހުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިއްޖެ

ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ: އެމްޓީސީސީ

RTL

އިތުރު އަތޮޅަކަށް އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ތައްޔާރު، މިހާތަނަށް 12 އަތޮޅަށް ވަނީ ފަށާފައި

ބާޒާރުމަތީ މަގު: 255 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކޮށް ނިމިއްޖެ

TTH_advertisement