ކުއްލި ޚަބަރު

ހިޔާ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތު މާދަމާރެއަށް ހަމަވާނެ

ބަނގުރާ އުފައްދަން ގެންގުޅޭ ސާމާނުތަކެއް ފުވައްމުލަކުން އަތުލައިގެންފި

ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ: އެމްޓީސީސީ

ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށާއި މާލޭގެ ބާޒާރުމަތީ ސަރަހައްދު ނުވަތަ ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް 2 ގެ މަސައްކަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެއްކޮށް ނިންމާލެވޭނެކަމުގެ ޔަޤީންކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ދެއްވައިފިއެވެ.

އެމްޓީސީސީއިން ވިދާޅުވީ، ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

މަޢުލޫމާތު ދެއްވަމުނން އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ފެށި މި މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އަދި މިހާތަނަށް ސެގްމެންޓް 2 ގެ %76 މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިވަގުތު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކީވޯލްގެ މަސައްކަތްތަކާއި، ކޮންކްރީޓުގެ މަސައްކަތާއި، ޕެނަލްގެ މަސައްކަތް އަދި ޖެޓީގެ މަސައްކަތްތައްވެސް ކުރިއަށްއެބަދޭ. ދެން ބާކީ ހުރި މަސައްކަތްތަކަށް ބަލާއިރު 40 މީޓަރުގެ ޕެނަލް ހަރުކުރުމާއި، އެންކަރު އެޅުމުގެ މަސައްކަތްތައް. ދެން މި މަސައްކަތްތައްވެސް މި ބަލަނީ ތާވަލާ އެއްގޮތަށް ކުރިއަށްގެންދިއުމަށް.” އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަސް ވިދާޅުވިއެވެ.

މަޝްރޫއުގެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިމުމާއެކު، މަގުގައި ތާރުއެޅުމަށް ވާންޖެހޭ ތައްޔާރީތައް ފެށޭނެ ކަމަށް ޝަރުވަސް ވިދާޅުވިއެވެ. މީގެ ތެރޭގައި ފެން ހިންދާ ނިޒާމުތައް ހަރުކުރުމާއި ދުވާރު އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ. އެމްޓީސީސީގެ ޓީމުން ރެޔާއި ދުވާލު މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމުމަށެވެ.

“މިހާރުވެސް ހަަމަ ޝެޑިއުލާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްމިދަނީ. ވަރަށް ޓައިޓް ޝެޑިއުލެއް އަދި ރޯދައަށްވެސް ވަރަށް ބޮޑަށް ކުޑަތަންވެފައި މިވަނީ. އެހެންނަމަވެސް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ރޯދަމަހުގެ ކުރިން މި މަސައްކަތް އެއްކޮށް ނިންމާ އާންމުންނަށް ހުޅުވާލެވޭނެކަން.” އެމްޓީސީސީ

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. މި މަސައްކަތް ނިމުމުން މި ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަޝްރޫޢު ނިމުމުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިއްޖެ

RTL

އިތުރު އަތޮޅަކަށް އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ތައްޔާރު، މިހާތަނަށް 12 އަތޮޅަށް ވަނީ ފަށާފައި

ބާޒާރުމަތީ މަގު: 255 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކޮށް ނިމިއްޖެ

އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައިފި

TTH_advertisement