ކުއްލި ޚަބަރު

ގއ. އަތޮޅު ޑްރަގް ނެޓްވޯކްގެ މެންބަރުންގެ އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި: ފުލުހުން

މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ވޮލީ ކޯޗެއްގެ މައްސަލަ ބަލަނީ

ތިރީސްހާސް އަށްވުރެ ގިނަ އުޅަނދު ޗެކްކޮށް ފިޔަވަޅު އަޅައިފި

traffic police

މާލޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންތަކެއްގައި، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 31،165 އުޅަނދު ޗެކްކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ޑިސެންބަރު 1 އިން 2025 ޑިސެންބަރު 31 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ އުޅަނދު ދުއްވި ފަރާތްތަކަށް ވަނީ ނަސޭހަތްތެރިވެ އިސްލާހުވުމަށް ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި ދެ ފުރޮޅުލީ އުޅަނދު ދުއްވި 5،037 މީހަކާއި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވި 5،833 މީހަކު ހިމެނެއެވެ.

ނަމަވެސް، ޓްރެފިކް ގަވާއިދުތަކާ ކަނޑައެޅިގެން ހިލާފުވި ފަރާތްތަކަށް ފުލުހުން ވަނީ ގާނޫނީ ފިޔަވަޅު އަޅާފައެވެ. މިގޮތުން ދެ ފުރޮޅުލީ 4،500 އަށްވުރެ ގިނަ އުޅަނދާއި ހަތަރު ފުރޮޅުލީ 840 އުޅަނދަށް ފިޔަވަޅު އެޅިއިރު، ނުރައްކާތެރިކޮށް ދުއްވި 150 އަށްވުރެ ގިނަ ސައިކަލު ވަނީ ހުއްޓުވާފައެވެ. މީގެ އިތުރުން ލައިސަންސް ނެތި ދުއްވި 260 އަށްވުރެ ގިނަ އުޅަނދާއި މެދުވެސް ފިޔަވަޅު އަޅާފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެންނާއި ޓްރެފިކްގެ އެހެނިހެން މައްސަލަތަކާ ގުޅިގެން ގިނަ އަދަދެއްގެ އުޅަނދު ވަނީ ޓޯކޮށްފައެވެ. އޭގެ ތެރޭގައި ޕާކިންގ މައްސަލަތަކުގައި ޓޯކުރި 1،300 އަށްވުރެ ގިނަ އުޅަނދާއި، އެހެނިހެން ވައިލޭޝަންތަކާ ގުޅިގެން ޓޯކުރި 600 އަށްވުރެ ގިނަ އުޅަނދު ހިމެނޭކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Izaam

ގއ. އަތޮޅު ޑްރަގް ނެޓްވޯކްގެ މެންބަރުންގެ އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި: ފުލުހުން

Image 20

މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

Image 20

ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ވޮލީ ކޯޗެއްގެ މައްސަލަ ބަލަނީ

ބަނގުރަލުގެ ވިޔަފާރި ކުރި ދެ ދިވެހިން ހައްޔަރުކޮށްފި

TTH_advertisement