ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަޙްމަދު ޝަމާޙް ރަޝީދު ވަކިކޮށްފިއެވެ.
މިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޕީސީބީން ބުނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން މ. ސިސްކަން، އަޙްމަދު ޝަމާޙް ރަޝީދު މިއަދުން ފެށިގެން ވަކިކޮށްފައިވާކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަމާހު އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުގައެވެ.
ޝަމާހް ވަނީ މި ސަރުކާރުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކޮށްފައެވެ. އޭގެފަހުން އޭނާ ބަދަލުކުރީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށެވެ.
ކިޔުންތެރިންގެ ހިޔާލު