ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރުގައި ވޯޓުފޮށި ބަހައްޓަނީ ލަންކާ އާއި މެލޭޝިއާގައި އެކަނި: އީސީ

Election commission

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވަނީ ހަމައެކަނި ސްރީ ލަންކާ އާއި މެލޭޝިއާގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ބުނެފިއެވެ. އީސީން މިގޮތަށް ކަނޑައެޅީ އެހެން ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑަށް މީހުން ހަމަނުވާތީއެވެ. ގަވާއިދު ބުނާގޮތުން ބޭރު ގައުމެއްގައި ފޮށި ބެހެއްޓޭނީ މަދުވެގެން 2,000 މީހުން ރަޖިސްޓްރީވެ، އެއް ދާއިރާއަކުން ވޯޓުލާ 40 މީހުން ހަމަވާނަމައެވެ.

މި ފިޔަވަޅަކީ ޚަރަދު ކުޑަކުރުމަށާއި، މަދު ބަޔަކު ވޯޓުލާނަމަ ވޯޓުގެ ސިއްރުކަން ގެއްލިދާނެތީ އެކަމަށް ރިއާޔަތްކޮށް އެޅި ފިޔަވަޅެއް ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ. ނަމަވެސް ރީ-ރަޖިސްޓްރޭޝަން މަރުހަލާގައި އަދަދުތަކަށް އަންނަ ބަދަލަކާ ގުޅިގެން މި ނިންމުން ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން މި އިންތިހާބުގައި 50 ރިސޯޓެއްގައި ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، އެކަން ކުރާނީ މެނޭޖްމަންޓުން ބޭނުންވާނަމައެވެ. މި ފަހަރުގެ އިންތިހާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 18 އާ ހަމައަށް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

Election

އިންތިހާބުގައި އޮބްޒާވަރުންނަށް ވުމަށް ދިން މުއްދަތު އިތުރުކޮށްފި

Election

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހަކަށް

ހދ. އަތޮޅުގެ ކެމްޕޭން ޖަގަހަ ހުޅުވައިފި