ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދީ އެ ކަންކަމަށް ގޮވާލާ ސިޔާސީ ފިކުރުތަކަށް ސަތޭކަ ޕަސެންޓު އިސްލާމީ މުޖުތަމައެއްގައި ފުރުސަތު ދީގެން ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި އޮފީސް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި އިސްލާމީ މުޖުތަމައެއްގައި ދީނާ ހިލާފު ކަންކަމަށް ފުރުސަތު ނުދިނުމަށް ބާރުއަޅުއްވައި، އެފަދަ ފިކުރުތަކާ ދެކޮޅަށް ތެދުވުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި ދިވެހިރާއްޖެއަކީ ސަތޭކަ ޕަސެންޓު އިސްލާމީ ގައުމަކަށްވާއިރު، ގައުމުގެ ދީނީ އަދި ސަގާފީ އުސޫލުތަކާ ފުށުއަރާ ކަންކަމަށް ޖާގަ ނުދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުހިންމު ނިންމުންތަކެއްވެސް އިއުލާނުކުރައްވާފަ އެވެ. އެގޮތުން، މީހުން ދިރިއުޅޭ ރަށްރަށާ މަދުވެގެން އެއް ކިލޯމީޓަރު ދުރުގައި ނޫނީ ސަފާރީތައް ނުބޭއްވޭ ގޮތަށް ގަވާއިދު އިސްލާހުކުރުމަށް ނިންމާފައިވާކަން ހާމަކުރެއްވި އެވެ. މީގެ އިތުރުން ސަފާރީތައް ބެލެހެއްޓުމުގެ ޒިންމާ ލޯކަލް ކައުންސިލްތަކާ ހަވާލުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށް ކައިރީގައި ނުގަވާއިދުން ބަނގުރާ ވިއްކާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަށްރަށުގައި އުޅޭ ފަތުރުވެރިން ހެދުން އެޅުމާއި އުޅެންޖެހޭ މިންގަނޑުތައް ގަވާއިދުގައި ސަރީހަކޮށް ބަޔާންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ލޯކަލް ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށްޓަކައި ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުން ފަދަ އިގްތިސާދީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ރަށްރަށުގެ އިގްތިސާދަށް ކުރިއެރުން ލިބި، ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކުގެ ތެރެއިން ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް