ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަށްރަށާ 1 ކިލޯމީޓަރު ކައިރީގައި ސަފާރީ އެޅުން މަނާކޮށް، ލޯކަލް ޓޫރިޒަމްގެ ގަވާއިދު ހަރުދަނާކުރަނީ

ރަށްރަށަށް ގަވާއިދާ ޚިލާފަށް ބަނގުރާ އެތެރެވުން ހުއްޓުވުމަށާއި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށްޓަކައި، މީހުން ދިރިއުޅޭ ރަށްރަށުގެ އެއް ކިލޯމީޓަރު ކައިރީގައި ސަފާރީ އުޅަނދުތައް ބަނދަރުކުރުން މަނާވާ ގޮތަށް ގަވާއިދު އިސްލާހުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައި އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށާ ކައިރީގައި ސަފާރީތައް ބާއްވައިގެން ޓޫރިސްޓުންނަށް ރާ ވިއްކުމުގެ ހުއްދައިގެ ނާޖާއިޒު ފައިދާ ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ރަށްރަށަށް ރާ ވިއްކުމާއި އެނޫންވެސް ނޭދެވޭ އަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި، ގަވާއިދަށް ގެންނަ ބަދަލާއެކު ދެން ސަފާރީތައް ބޭއްވޭނީ މީހުން ދިރިއުޅޭ ރަށްރަށާ މަދުވެގެން އެއް ކިލޯމީޓަރު ދުރުގައެވެ.

މީގެ އިތުރުން، ރަށްރަށުގައި ފަތުރުވެރިން އުޅޭއިރު ހިފަހައްޓަންޖެހޭ ދީނީ އަދި އަހުލާގީ މިންގަނޑުތަކާއި ހެދުން އެޅުމުގެ ގަވާއިދުތައްވެސް އިސްލާހުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުތައް ގެނައުމުގެ ބޭނުމަކީ ފަތުރުވެރިންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމާ ގުޅިގެން ރައްޔިތުން ކުރަމުންދާ ޝަކުވާތަކަށް ހައްލު ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ކަންކަން ތަންފީޒުކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ކައުންސިލްތަކަށް ކަމަށެވެ. އެގޮތުން ލޯކަލް ޓޫރިޒަމްގެ ކަންކަން ބެލެހެއްޓުމަށް ރަށްރަށުގައި ޚާއްސަ އޮފީހެއް ގާއިމުކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކުން މިކަންކަން ހަރުދަނާކަމާއެކު ބަލަހައްޓާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް