ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ރަށްރަށާ ކައިރީގައި ސަފާރީ ބޭއްވުން މަނާކުރަން ރައީސް ނިންމަވައިފި

990

މީހުން ދިރިއުޅޭ ރަށްރަށް ކައިރީގައި ސަފާރީތައް ބާއްވައިގެން ރަށްރަށް ބަނގުރާ ގެންގޮސް އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ އަމަލުތައް ހިންގަމުންދާތީ ރަށްރަށާ ކައިރީގައި ސަފާރީ ބޭއްވުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށް ކައިރީގައި ސަފާރީތައް ބާއްވައިގެން ނުގަވާއިދުން ބަނގުރާ ވިއްކުމުގެ ކަންކަން ހިންގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެންކަމުން މީހުން ދިރިއުޅޭ ކޮންމެ ރަށަކާ މަދުވެގެން އެއް ކިލޯ މީޓަރު ދުރުގައި ނޫނީ ސަފާރީ ނުބޭއްވޭ ގޮތަށް އުސޫލު ބަދަލުކޮށް، ވަރަށް އަވަހަށް ގެޒެޓްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ސަފާރީ ތަކަކީ ލައިސަންސެއް އޮވެގެން، ރިސޯޓުތަކުގައި އޮންނަ ގޮތަށް ލައިސަންސް އޮވެގެން އެ ސަފާރީގައި ނިދައި ޓޫރިސްޓުންނަށް ރާ ވިއްކުމުގެ ހުއްދަ އޮންނަ، ލައިސަންސް އޮންނަ ބައެއް. ގަވާއިދު މި ބަދަލުކުރަނި މީހުން ދިރިއުޅޭ ރަށްރަށާ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ވެސް އެއް ކިލޯމިޓަރު ދުރުގައި ކަމަށް ސަފާރީ ބޭއްވޭނީ،” ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ލޯކަލް ޓޫރިޒަމް ތަރައްގީކުރަން ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްރަށުގައި ޑޮލަރު އޭޓީއެމްތައް ބަހައްޓަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް ވިދާޅުވީ މި މަސް ތެރޭގައި 96 މަސާޖުޕާލާއެއް ބަންދުކޮށްފައިވާ ކަމަށް

990

ރައްޔިތުން އެދުނުގޮތަށް އަމިއްލަ ތަންތަނުން ހަދާ އައިނުތަކަށް ވެސް އާސަންދަ ދޭން ނިންމައިފި

Image 20

ޚާލިދާ ޒިޔާ އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

Image 20

ރައްޔިތުން އެދުނުގޮތަށް އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ފްލެޓް ލިބޭގޮތް ހަމަޖައްސައިފި

TTH_advertisement