ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނެ: ހަމްދާން

FDC

އެންމެ ލަސްވެގެން މިހިނގާ ޖަނަވަރީމަހުގެ 25 ގެ ކުރިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ 4،000 ހައުސިން ޔުނިޓްތަކުގެ ތަޅުދަނޑިތައް ހަވާލުކޮށް ނިމެނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

“މަސައްކަތް ކުރަމުން މިދަނީ ޖަނަވަރީ 2 ވަނަ ހަފްތާއަށް، ކަނޑައެޅިފައިވާ ތާރީހަށްވުރެ ކުރިން ނިންމާލުމަށް. ރައްޔިތުންނަށް މި ދޭ ޔަގީންކަމަކީ އެންމެ ލަސްވެގެން ޖަނަވަރީ 25 ގެ ކުރިން ހުރިހާ ފްލެޓްތަކެއްގެ ތަޅުދަނޑިތައް ހަވާލުކޮށް ނިމޭނެއޭ ” – ހަމްދާން ޝަކީލް

ހަމްދާން ވިދާޅުވީ 4000 ފްލެޓް ދޫކުރުމުގެ މަސައްކަތް މިހާރުވެސް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށެވެ. ފްލެޓް ލިބުނު ގިނަ ފަރާތްތަކެއް މިވަގުތު މާލެއިން ބޭރުގައި އުޅުއްވާތީ، މި މަހުގެ 5 ވަނަ ދުވަހުގެ ފަހުން ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ ފަރާތްތަކުން ވަނީ އެދިފައިކަމަށް ހަމްދާން ވިދާޅުވިއެވެ.

ހައުސިން ޔުނިޓްތައް ހަވާލުކުރުމަށް ތާވަލުކޮށް މެސެޖު ލިބިފައިވާ މީހުންނަށް، ތާވަލުކޮށްފައިވާ ދުވަސް އެހެން ދުވަހަކަށް ބަދަލުކުރަން ބޭނުންވާނަމަ އެ ޔުނިޓެއްގެ ވެރިފަރާތުގެ އީމެއިލުން ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު އެފްޑީސީއަށް މެއިލްކޮށްލުމުން ޔުނިޓު ހަވާލުކުރުން އެހެން ދުވަހަކަށް ތާވަލުކުރެވިގެންދާނެކަމަށް ހަމްދާން ވިދާޅުވިއެވެ. ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށްކަމަށް ހަމްދާން ވިދާޅުވިއެވެ.

4000 ފްލްޓް ނިންމުމަށް އެމްޑީޕީ ސަރުކާރުގައި ނެގި ބޮޑު ލޯނާއެކުގައިވެސް އެ ސަރުކާރު ނިމިގެންދިޔައިރު އެ މަޝްރޫއުން ނިމިފައި އޮތީ އެންމެ 32 އިންސައްތަ މަސައްކަތެވެ. އައު ސަރުކާރު ވެރިކަމާ ހަވާލުވެ މަޝްރޫއުގެ ބާކީ 68 އިންސައްތަ މަސައްކަތް ނިންމައި މިހާރުކުރިއަށްދަނީ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްތަކެވެ.

މަސައްކަތުގެ ތެރެއިން އަމާން އުދަރެސް އަދި އަމާން ހިޔާގެ ހުރިހާ ޓަވަރެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމާއި ޓެސްޓް ކުރުމާއި ކޮމިޝަން ކުރުމުގެ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ހުރިހާ ފްލެޓަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ގާއިމުކޮށް ނިންމާލީވެސް އަދުގެ ސަރުކާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

fdc

ފްލެޓްތަކުގެ 1،000 އަށްވުރެ ގިނަ ތަޅުދަނޑި ހަވާލުކޮށްފިން: އެފްޑީސީ

އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

މަސްވެރީންނާއި ޓޫރިޒަމް މުވައްޒިފުންނާއި ޓެކްސީ ޑްރައިވަރުންނަށް 350 ފްލެޓް ކަނޑައަޅައިފި

ކުރީ ސަރުކާރުން ފްލެޓް އަތުލާފައި ތިބި ފަރާތްތަކަށް 500 ފްލެޓް ކަނޑައަޅައިފި

TTH_advertisement