އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އާއި މައުމޫން ފައުންޑޭޝަނާއި ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފި އެވެ.
މި ފަހުމުނާމާގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އެވެ.
މި ފަހުމުނާމާއަކީ ވުޒާރާއާއި އެ ފައުންޑޭޝަން ގުޅިގެން ކުރިއަށް އޮތްތާ މަސައްކަތް ކުރުމަށް ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އިން ބުނެ އެވެ. މީގެ ކުރިން ވެސް އެ ވުޒާ ރާއާއި މައުމޫން ފައުންޑޭޝަން ގުޅިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އިން ބުނެ އެވެ.
ކިޔުންތެރިންގެ ހިޔާލު