ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ހުއްދައާ ޚިލާފަށް ހިންގާ ޕްރޮގްރާމްތަކުން ދޭ ސަނަދުތައް ގަބޫލެއް ނުކުރާނަން: އެމްކިޔުއޭ

Image 20

ހުއްދަ ދީފައިވާ ގޮތާ ޚިލާފަށް އޮންލައިން ޕްރޮގްރާމްތައް ހިންގާ ކަމަށާއި އެފަދަ ސަނަދުތައް ގަބޫލު ނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ބުނެފިއެވެ.

އެމްކިއުއޭއިން މިއަދު ކުރި އިއުލާނުގައި ބުނީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑް ތަކަށް އެ އޮތޯރިޓީން، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުއްދަ ދީފައިވާ ގޮތާއި ޚިލާފަށް ބައެއް މަރުކަޒުތަކުން އޮންލައިންކޮށް ޕްރޮގްރާމް ހިންގާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.

އެމްކިޔުއޭ އިން ބުނީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކަށް ހިންގާ ޕްރޮގްރާމްތައް އޮންލައިންކޮށް ހިންގުމަށް މަޝްވަރާތައް ކުރަމުން ދިޔަ ނަމަވެސް އެއްވެސް ޕްރޮގްރާމެއް އޮންލައިންކޮށް ހިންގުމަށް މިހާތަނަށް އެ އޮތޯރިޓީން ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

އެހެންކަމުން، ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކަށް އެ އޮތޯރިޓީގެ ހުއްދަ ނެތި އޮންލައިންކޮށް ހިންގާ އެއްވެސް ޕްރޮގްރާމެއްގެ ސަނަދު ގަބޫލު ނުކުރާނެ ކަމަށް އެމްކިއުއޭއިން ބުންޏެވެ.

މަތީ ތައުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުމަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެމްކިއުއޭގެ މަސްއޫކިއްޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

000 33kz7r8 24

ޙާފިޒުންގެ ސަނަދު އެމްކިޔުއޭ އިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރަނީ

Mmmd

ހުއްދައާ ހިލާފަށް ކޯސްތައް ހިންގާ ކަމަށް އެމްކިޔުއޭއިން ބުނެފި

TTH_advertisement