ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އައުއަހަރުގެ އެކްޝަން ޕްލޭން އިފްތިތާޙުކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 2026 އަހަރުގެ އެކްޝަން ޕްލޭން ރަސްމީކޮށް އިފްތިތާޙްކޮށްފި  އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި އެކްޝަން ޕްލޭނުގައި އެކި ދާއިރާތަކުން 2026 ވަނަ އަހަރު ވުޒާރާއިން ކުރުމަށް ހަމަޖެހިފައިވާ މުހިއްމު މަސައްކަތްތައް ތަފްސީލް ގޮތެއްގައި ހިމަނާފައިވާނެ ކަމަށެވެ. އަދި ވުޒާރާގެ މަސައްކަތްތައް ރާވާލެވިފައިވަނީ، މި އެކްޝަން ޕްލޭނުގައިވާ ގޮތަށް ކަންކަން ޙާސިލްކުރެވޭނެ ގޮތަށް ކަމަށާއި، މީގެ އިތުރުން މި އެކްޝަން ޕްލޭނަކީ ވުޒާރާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިގެންދާ މުހިއްމު މަސައްކަތެއްކަންވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު އެކުލަވާލެވުނު އެކްޝަން ޕްލޭންނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާ ކަމަށާއި،އަދި އެކްޝަން ޕްލޭނުގައި ހިމެނޭ ގިނަ ކަންކަން ޙާސިލްކުރެވިފައިވާކަން ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ އިސްލާމީ ނޫރު ދިވެހި ރާއްޖެއަށް ފެތުރުމުގެ މުހިންމު މަސްއޫލިއްޔަތު ކުރިއަށް ގެންދަވަނީ ވަރަށްވެސް މަތިވެރި އަޒުމާއި އިޚްލާސްތެރިކަމާއިއެކު ދިވެހި އުންމަތުގެ ތެރޭގައި އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ފެތުރުމަށްޓަކައިކަމަށެވެ.

މީގެ އިތުރުން ވުޒާރާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ވުޒާރާގެ މުވައްޒަފުން ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކޮށް ވަޒީރު ވަނީ މުވައްޒަފުންނަށް ޝުކުރު ދަންނަވާފަ އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އެކްޝަން ޕްލޭނަކީ ވުޒާރާގެ ހުރިހާ ސެކްޝަނެއް ގުޅިގެން ބޮޑެތި މަޝްވަރާތަކަކާއެކު އެކުލަވާލެވިފައިވާ އެކްޝަން ޕްލޭނެއްކަންވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭން މިހާރު އެ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hafizun

ދިވެހި37 ހާފިޒުން މި ރޯދަމަހު މާލެ ސަރަހައްދުގައި އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެ: ޑރ. ޝަހީމް

“ނޫރުލް އަޒާން” މުބާރާތަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291އަށް

ބަންގި މުބާރާތް މި ފަހަރު މުޅި ރާއްޖެއަށް

TTH_advertisement