ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ސޯމާލިލޭންޑަކީ މިނިވަން ގައުމެއް ކަމަށް ނަތަންޔާހޫ ގަބޫލުކުރުމުގެ ފަހަތުގައިވާ އެދުން!

ސޯމާލިލޭންޑަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށް ރަސްމީގޮތުން ބަލައިގަތުމަށް އިސްރާއީލުން ނިންމުމުން ދުނިޔޭގެ ގައުމުތަކުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރަމުން އެބަ ގެންދެއެވެ.

އެފްރިކާގެ ގައުމުތައް ހިމެނޭ އެފްރިކަން ޔޫނިއަންއާއި، ސައުދީ އަރަބިއްޔާ، ގަތަރު، މިސްރު، ތުރުކީ، ސޫދާން، ޖިބޫޓީ، ފަލަސްތީނު އަދި ސޯމާލިއާއިންވެސް ވަނީ، އިސްރާއީލުގެ ނިންމުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

ސޯމާލިލޭންޑަކީ 1960 ވަނަ އަހަރުން ފެށިގެން ގުޅިފައިވާ ސޯމާލި ރިޕަބްލިކްގައި ހިމެނޭ ސަރަހައްދެކެވެ.

ނަމަވެސް، ސޯމާލިއާގެ ކިބައިން ވަކިވެގަނެ ސޯމާލިލޭންޑުން ވަކި ވެރިކަމެއް އިއުލާން ކުރީ 1991 ވަނަ އަހަރުއެވެ.

އެގެފަހުން މިހާތަނާ ޖެހެންދެން ދުނިޔޭގެ އެއްވެސް ގައުމަކުން ސޯމާލިލޭންޑަކީ މިނިވަން ދައުލަތެއް ކަމަށް ގަބޫލުކޮށްފައެއް ނުވެއެވެ. އެކިއެކި ކަންކަމުގައި ސޮމާލިލޭންޑާ އެތައް ގައުމަކުން މުއާމަލާތްތައް ކުރި ނަމަވެސް، ސޯމާލިލޭންޑަކީ ގައުމެއް ކަމަށް ބަލައެއް ނުގަނެއެވެ.

ސޯމާލިލޭންޑަކީ މިނިވަން މުސްތަގިއްލު ދައުތަލެއް ކަމަށް އިސްރާއީލުން ބަލައިގަނެ، ހުކުރު ދުވަހު އެކަން އިއުލާންކުރީ މުޖުރިމު ނަތަންޔާހޫއެވެ.

ނަތަންޔާހޫގެ ނިންމުން ގައުމުތަކުން ކުށްވެރި ކުރަމުން ގެންދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، އިސްރާއީލުގެ ނިންމުން އެމެރިކާއިން ދިރާސާކުރަމުންދާ ކަމަށެވެ.

ތުރުކީގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، މިއީ ސަރަހައްދާއި އަދި ދުނިޔޭގެ ހަމަޖެހުން ނަގާލަން އިސްރާއީލުން ހިންގާ ޣައިރުގާނޫނީ އަމަލުތަކަށް އަނެއްކާވެސް އިތުރުވި ބޮޅެއް ކަމަށެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުމަށް ހުރި ހުރިހާ ދޮރެއް ބަންދުކުރަމުންދާ އިސްރާއީލުން، ސޯމާލިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަންނަނީ ކަމަށްވެސް ތުރުކީން ބުނެފައި ވެއެވެ.

ޣައްޒާއިން ގަދަކަމުން ބޭރުކޮށްލާ އާންމުން ސޯމާލިލޭންޑްގައި ވަޒަންވެރިކުރަން އިސްރާއީލާއި އެމެރިކާއިން ސޯމާލިލޭންޑާ ވާހަކަ ދައްކަމުންދާ ކަމަށް މިއަހަރު ކުރީކޮޅު ދުނިޔޭގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ނަމަވެސް ސޯމާލިލޭންޑްގެ ޚާރިޖީ ވަޒީރުވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އޭނާ ބުނެފައިވަނީ، އެފަދަ ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ.

ސޯމާލިލޭންޑަކީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށް އިސްރާއީލުން ގަބޫލުކުރުމަށް ސޯމާލިލެންޑާއި އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުމުގައި، ގަދަކަމުން ގެދޮރުން ބޭރުކޮށްލާ ޣައްޒާގެ ރައްޔިތުން ސޯމާލިލޭންޑްގައި ވަޒަންވެރިކުރުމުގެ ވާހަކަތަކެއް ހިމެނޭ ކަމެއް އަދި ސާފެއް ނުވެއެވެ.

މިސްރުގެ ޚާރިޖީ ވަޒީރު ބަދްރް އަބްދުއްލަތީ ވިދާޅުވީ، ފަލަސްތީނު ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށް އެހެން ގައުމެއްގައި ވަޒަންވެރި ކުރުވުމަކީ މިސްރުން ދެކޮޅު ކަމެއް ކަމަށެވެ.

އެމެރިކާގެ ރައީސާއި، އިސްރާއީލުން އެ ޚިޔާލު އެންމެ ފުރަތަމަ ފެންމަތި ކުރުމުން، ދުނިޔެއިންވެސް ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

ސޯމާލިލޭންޑަކީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށް އިސްރާއީލުން ގަބޫލުކުރުމުގެ ފަހަތުގައިވެސް އޮތީ އެމެރިކާ ކަމަށް ދޭހަވާ ކަންތައްތަކާއި ވާހަކަތައް ދަނީ ފެންމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނަށް ހަމަލާ ދިނުމަށް އެމެރިކާގެ ރައީސް ދެމުންގެންދިޔަ އިންޒާރުތަކުގެ ރާގު ބަދަލުވެއްޖެ

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

އެމެރިކާގެ ޖާސޫސީ ބޯޓުތައް އިރާންމަތިން އުދުހެން ފަށައިފި، އީރާނު އަސްކަރިއްޔާ ތައްޔާރީ ހާލަތަށް

ސަރުކާރަށް ތާއީދުކޮށް އީރާނުގެ އެތައް މިލިއަން މީހުން މަގުތަކަށް ނުކުތުމުން ހުޅަނގުގެ މީޑިއާ ބްލެކްއައުޓް، ވެރިން ހައްޕު!

TTH_advertisement