ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް އިން މިހާތަނަށް 500،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދީފިއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފާ ފާހަގަކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވި ޓާމިނަލް 1 މި ޖުލައި މަހުގެ 26 ވަނަ ދުވަހު މަސައްކަތް ފެށިފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ޓާމިނަލުން 508،008 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެއަށް ވަޑައިގެންނެވި 255،668 ފަސިންޖަރުންނާއި ރާއްޖޭން ފުރައިގެން ދިޔަ 252،340 ފަސިންޖަރުން ހިމެނެއެވެ.
އިއްޔެ ވަނީ ޓާމިނަލް 1 އިން އެންމެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދިން ދުވަހަކަށް ވެފައެވެ. 21 ޑިސެމްބަރު ހިސާބުން 19،551 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާއިރު، އޭގެ ތެރޭގައި ރާއްޖެ އައި 10،870 ފަސިންޖަރުންނާއި ރާއްޖޭން ފުރި 8،681 ފަސިންޖަރުން ހިމެނެއެވެ.
މި ޓާމިނަލުން މިހާރު 38 އެއާލައިނަކަށް ހިދުމަތް ދެމުން އަންނައިރު، އެންމެ ފަހުން މިއަދު ހިދުމަތް ފަށާފައިވަނީ ގަތަރު އެއާވޭސްއިންނެވެ.
ކިޔުންތެރިންގެ ހިޔާލު