ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ބައިނަލްއަޤްވާމީ މުބާރާތްތަކަށް ރާއްޖެއަށް ފުރުސަތު ލިބުމަކީ ލިބޭފަހި ފުރުސަތެއް: ޠަލާލު

Tholal

ބައިނަލްއަޤްވާމީ މުބާރާތްތަކަށް ރާއްޖެއަށް ފުރުސަތުލިބުމަކީ ލިބޭފަހި ފުރުސަތެއް ކަމަށާއި ދިވެހިރާއްޖޭގެ ރައީސް މުޙައްމަދު މުއިޒު، ކުޅިވަރުގެ ދާއިރާ ތަރައްޤީ ކުރުމަށް ދެއްވާ އަހައްމިއްޔަތުކަން، ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލު ފާހަގަކުރައްވައިފިއެވެ.

ޠަލާލް މިކަން ފާހަގަކުރައްވާފައިވަނީ ރާއްޖޭގައި މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕް 2025 ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުންނެވެ.

މިގޮތުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށާއި އިތުރަށް ތަރައްޤީކުރުމަށް މަސައްކަތް ކުރައްވަމުންދާކަން ސްޕޯޓްސް ކޮމިޝަނަރ ޠަލާލު ވަނީ ފާހަގަކުރައްވާފައެވެ.

ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލު ވިދާޅުވީ، ކުޅިވަރު ތަރައްޤީކުރެއްވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް، އެމަނިކުފާނަށް ކުޅިވަރުގެ އާއިލާގެ ފަރާތުން ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

ވުމެންސް ކާވާ ކަޕްފަދަ ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ފަހިވުމުގެ ސަބަބުން، އަމިއްލަ ޤައުމުގައި ކުޅުންތެރިންގެ ހުނަރު ދެއްކާލުމުގެ ފުރުސަތު ފަހިވެގެންދެއެވެ. މީގެ އިތުރުން ރެފުރީއިންނަށާއި ޓެކްނިކަލް އޮފިޝަލުންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ޒުވާނުންގެ ތަރައްޤީއަށާއި، ބައިވެރިވާ ޤައުމުތަކުގެ ދެމެދުވާ ގުޅުންތައް ބަދަހިވުމަށްވެސް ހުޅުވިގެންދާ އިތުރު ދޮރެކެވެ.

ރާއްޖޭގެ ކުޅިވަރުގެ މައިދާނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެވުމަކީ، މިސަރުކާރުގެ ވަރަށް ބޮޑު އިސްކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

40 މީޑިޔާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފި

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ރަށްރަށާ 1 ކިލޯމީޓަރު ކައިރީގައި ސަފާރީ އެޅުން މަނާކޮށް، ލޯކަލް ޓޫރިޒަމްގެ ގަވާއިދު ހަރުދަނާކުރަނީ

ވައުދުތައް ފުއްދުމަށް ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުން މުހިންމު: ރައީސް

TTH_advertisement