ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންނަށް ލުއިތައްދެމުންދަނީ އިގުތިސާދަށް ގެއްލުން ނުވާގޮތަށް ރަނގަޅަށް ބަލައިގެން: ރައީސް

ރައްޔިތުންނަށް ލުއިތައްދެމުންދަނީ އިގުތިސާދަށް ގެއްލުން ނުވާގޮތަށް ރަނގަޅަށް ބަލައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި މީހަކު ދެއްކި ވާހަކައަކާ ގުޅިގެން ރައީސް ވިދާޅުވީ ހިޔާ ފުލެޓުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކުރުމާއި އެކި ކަހަލަ ލުއިތައް ދެމުންދަނީ އެއްވެސް ވަރަކަށް ބެލުމެއްނެތި ކަމަށް ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

އެކަންކަން ސަރުކާރުން ނިންމަނީ ރައްޔިތުންގެ ހާލަތަށް ބަލައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަހައިގެން ވަރަށް ވިސްނައި ދިރާސާކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“އިގުތިސާދަށް ގެއްލުންވާގޮތަކަށް އަދި އަމުދުން ނުނިންމާނެ. ސަރުކާރުން ބޭރުގެ ދަރަނި، އެތެރޭގެ ދަރަނި ދެއްކުމަށް އޮންނަ ޕްލޭނާ އެއްގޮތަށް އެކަން ކުރަމަށް ހުރަސް އެޅޭގޮތަކަށް އަޅުގަނޑުމެން އެއްވެސް ކަހަލަ ލުޔެއް ނޫނިއްޔާ ޖޫރިމަނާ މައާފުކުރުމެއް ކަމުގައި ވިޔަސް ނުކުރާނެ،”

ރައީސް ވިދާޅުވީ އެފަދަ ނިންމުންތައް ސަރުކާރުން ނިންމަނީ ރައްޔިތުންނަށް އެއްވެސް ބުރައެއް ނަގަން ނުޖެހޭނެ ގޮތަށް ވިސްނައިގެން އޮންނަ މިންގަނޑުގެ ތެރެއިން ކަމަށާއި ރައްޔިތުން ހިއްސާކުރާ ކޮންމެ ކަންބޮޑުވުމެއް ވެސް ސަރުކާރުން ބަލަމުންދާނެ ކަމަށެވެ.

“މިސާލަކަށް ހިލޭ އެހީގައި އަޅާފައި ހުރި ފުލެޓެއްތޯ، ނޫނިއްޔާ އެ ފްލެޓުގެ ލޯނުގެ ޓާމްސްތައް އޮތީ ކިހިނެއްތޯ، މި ހުރިހާ ކަމަކަށް ބަލާފައި އަޅުގަނޑުމެން މި ޖޫރިމަނާ މައާފުކުރާ ކަމުގައިވިޔަސް، ލުޔެއް ދިން ކަމުގައިވިޔަސް މިކަންކަން މި ކުރަނީ،”

ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ރަށްރަށުން ދޫކޮށްފައިވާ ހައުސިން ސްކީމުތަކުން ވެސް އަގު ކުޑަކޮށްދީފައިވާނެ ކަމަށާއި އެއްވެސް ރައްޔިތަކު ތަފާތުނުކޮށް، ހަމަހަމަކަމާއެކު ކަންކަން ކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ