ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދަނީ

Mm

ހުޅުމާލެ ފޭސް އެކަކުން ދިރިއުޅެން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބައެއް އުނިކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފޭސް އެކަކުން ދޫކޮށްފައިވާ ބައެއް ގޯތިތަކަކީ ގުރުއަތުލައިގެން ޕޮއިންޓް އުސޫލުން ދޫކޮށްފައިވާ ގޯތިތަކެކެވެ. އެ ގޯތިތައް ދޫކުރީ ދިރިއުޅުމަށް އާންމު އަގުތަކަށް ވުރެ ކުޑަ އަގެއްގަ އެވެ.

ފޭސް އެކެއްގެ ރައްޔިތުުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފޭސް އެކަކުން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ އެގްރީމަންޓްގައި ހިމެނޭ އަގުން ބައެއް އުނިކޮށް ދެއްވާނެ ކަމަށެވެ. އެގޮތުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބައެއް ގޯތިތަކުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބޮޑު އަދަދެއް މިހާރު ދައްކާފައިވާ ކަމަށާ ޑިސްކައުންޓް ބާކީ ބައިން އެޖެސްޓް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ހުޅުމާލެ ދެ ފޭސްގައިވެސް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެއްވާނެ ކަަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް 10 ބުރިއަށް ގެ އަޅާނަމަ ތިރީ ފްލޯގައި ޕާކިން މަޖުބޫރުވާނެ ކަމަށާ އަދި ދިރިއުޅުން ނޫން ބޭނުމަކަށް އެއް ފްލޯ ބޭނުން ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ